ލ.ގަމުގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލ.ގަމުގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށައިފިއެވެ.
ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔޫސުފް ނަޝީދުއެވެ.
މިމަސައްކަތް ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް