ދުނިޔޭގެ އެންމެ ބަރުމީހާ 300 ކިލޯ ހިއްކާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދުނިޔޭގެ އެންމެ ބަރުމީހާގެ ރެކޯޑް އޮތް މެކްސިކޯގެ ހުއާން ޕެޑްރޯ ފްރާންކޯގެ ބަރުދަނުން 300 ކިލޯ ހިއްކާލައިފިއެވެ.
ގިނިސް ރެކޯޑް ފޮތުގައިވެސް އެންމެ ބަރުމީހާގެ ގޮތުގައި އޮތް ހުއާންގެ ބަރުދަނުން 300 ކިލޯ ލުއިކޮށްފައިވަނީ ބަރުދަން ލުއިކުރުމަށް ގިނަ އޮޕަރޭޝަންތަކެއް ކުރުމަށްފަހުގައެވެ.
ހުއާން ބުނިގޮތުގައި އޭނާއަށް ބަރުދަން އިތުރުވަމުންދިޔައީ އުފަންވީ އިރުވެސް ހުރި ބައްޔެއްގެ ސަބަބުންނެވެ. ނަމަވެސް އުމުރުން ސަތާރަ އަހަރުގައި ދިމާވި ކާރު އެކްސިޑެންޓެއްގެ ސަބަބުން ބަރުދަންވަނީ ކުރިއަށްވުރެ އިތުރުވާން ފަށާފައެވެ.
އޭނާ ބުނިގޮތުގައި އޭނާ އަމިއްލައަށް ހިކުމަށް ގަސްދުކުރީ އޭނާއަށް ފަލަވުމުގެ ސަބަބުން ލިބެމުންދިޔަ ސަމާލުކަމުން ދުރުވުމަށެވެ.
ހުއާންއަށް މިހާރު ވަނީ ދުނިޔޭގެ އެންމެ ބަރުދަން ގިނަ މީހާގެ ރެކޯޑް ގެއްލިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް