ލަންކާގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މައިތިރްޕާލާ ވިދާޅުވެއްޖެ
ސްރީލަންކާގެ ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާނެ ކަމަށް އެޤައުމުގެ ކުރީގެ ރައީސް މައިތިރްޕާލާ ސްރިސޭނާ ވިދާޅުވެއްޖެއެވެ.
އިންތިޚާބާއި މެދު ވާހަކަ ފުޅު ދައްކަވަމުން އޭނާ ވިދާޅުވީ 2024 ގެ ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ސްރީލަންކާ ފްރީޑަމް ޕާޓީގެ ކެނޑިޑޭޓް ގޮތުގައި އެ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ.
"އެއްވެސް ރޭވުމަކާއި މެދު ޖެހިލުމެއް ނުވޭ، ޖުޑިޝަރީ އަށާއި ޤާނޫނަށް ފުރިހަމައަށް އިޚްތިރާމް ކުރަން، ކުރިމަގުގައި އަޅުގަނޑަށް ކިތަންމެ ފުރައްސާރައެއް ކުރިޔަސް ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑުގެ ޕާޓީގެ ސަޕޯޓާއި އެއްކޮށް ރައީސްގެ މަޤާމަށް ވާދަކުރާނަން، އިންތިޚާބުގައި އަޅުގަނޑު ވާދަ ކުރާނީ ކާމިޔާބު ވާނެ ކަމުގެ ޔަޤީން ކަމާއި އެކު" މައިތްރިލްޕާލާ ވިދާޅުވިއެވެ.
މައިތްރިލްޕާލާ ސްރިސޭނާ ވަނީ ސްރީލަންކާގެ 7ވަނަ ރައީސްގެ ގޮތުގައި 2015 އިން 2018 އަށް އެޤައުމަށް ޚިދްމަތް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް