ޕިއްޒާ ފުށްގަނޑު
ޕިއްޒާ ފުށްގަނޑު
ލައިފްސްޓައިލް 01 Apr 2023 | 04:56

ޕިއްޒާ ފުށްގަނޑު މޮޑެން ދަސްކުރަން ބޭނުންތަ؟ މިއޮތީ ރެސިޕީ

މިއަދު ވޮއިސް ގެ ބަދިގެއިން ކިޔުންތެރިންނާއި ހަމައަށް މި ގެނެސްދެނީ ފަސޭހަ ކަމާއި އެކު ޕިއްޒާ ފުށްގަނޑު ތައްޔާރު ކޮށްލާނެ ގޮތެވެ. ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. މި ރެސިޕީން ތައްޔާރު ކުރެވޭނީ 2 ޕިއްޒާ ފުށްގަނޑެވެ.

ބޭނުންވާ ތަކެތި

1 1/4 ޖޯޑު ތާފަނާ ފެން (45-46°c)

1/2 ސައި ސަމުސާ އީސްޓް

1 ސައި ސަމުސާ މާމުއި

1/2 މޭޒުމަތީ ސަމުސާ ލޮނު

1 1/3 ޖޯޑު ފުށް

ތައްޔާރު ކުރާނެ ގޮތް

1) ތައްޓެއްގެ ތެރޭގައި، ފެނާއި، މާމުއި އާއި ލޮނު އެކުލަވާލާށެވެ. ދެން އެއަށް އީސްޓް އެޅުމަށްފަހު 5 މިނެޓް ވަންދެން ބަހައްޓާށެވެ.

2) އެހެން ތަށްޓަކަށް ފުށް ފުރާނާލުމަށްފަހު މެދުގައި ކުޑަ ލޯވަޅެއް ހެދުމަށްފަހު އޭގެ ތެރެއަށް އީސްޓް މިކްސްޗަރ ރަނގަޅަށް އެކުލަވާލުމަށްފަހު ފުށްގަނޑު ތެރެއަށް އަޅާލާށެވެ. އަދި ޕްލާސްޓިކް ސަމުސަލަކުން ރަނގަޅަށް ފުށާއި އީސްޓް މިކްސްޗަރ އެއްކޮށްލާށެވެ.

3) އީސްޓް މިކްސްޗަރ އެއްކޮށް އެކުލަވައި ނިމުމުން، ގާތްގަނޑަކަށް 3 މިނެޓް ވަންދެން އަތުންވެސް ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު ހުންނާނީ ކުޑަކޮށް އަތުގައި ތަތްލަވާ ވަރަށެވެ.

4) ދެން ތަށީގެ މަތި ރަނގަޅަށް ބަންދުކޮށްލުމަށްފަހު ގާތްގަނޑަކަށް 3 ގަޑިއިރު ވަންދެން ނުވަތަ ފުށްގަނޑު ގެ ސައިޒް ދެގުނަ އަށް ވަންދެން ބަހައްޓާށެވެ.

5) ދެން ފުށްގަނޑު ނެގުމަށްފަހު ހިކިފުށް ސާފު ތަނަކަށް ބުރުވާލުމަށްފަހު ފުށްގަނޑު އެތަނުގެ މަތީގައި ބާއްވައި ފުށްގަނޑު ވަށައިގެން ހިކިފުށް އުނގުޅާލާށެވެ.

6) އެއަށްފަހު ފުށްގަނޑު ދެބައި ކޮށްލުމަށްފަހު ކޮންމެ ބައެއް ވަކިވަކިން ދެ އަތްތިލަ ދޭތެރޭގައި ފޮތެއް ލައްޕާގޮތަށް މަޑު މަޑުން ފަށްޖަހަމުން ދާށެވެ. ގާތްގަނޑަކަށް 8 ފަހަރު އެގޮތަށް ފަށްޖެހުމަށްފަހު ބޯޅައެއް ހަދާލާށެވެ.

7) ދެން ޕިއްޒާ ފުށްގަނޑުގެ ސައިޒަށް ފުށްގަނޑު ދަމާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...