ފުލަމް މެޗަށްފަހު ސިޓީގެ އަލްވަރޭޒް އަދި ސިލްވާ
ފުލަމް މެޗަށްފަހު ސިޓީގެ އަލްވަރޭޒް އަދި ސިލްވާ
ކުޅިވަރު 30 Apr 2023 | 22:43

އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު މެންޗެސްޓާ ސިޓީ އެއްވަނައަށް!

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް މެންޗެސްޓާ ސިޓީ އިން އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު، ލީގު ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

މިރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ހާލަންޑް އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 30 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 34 ވަނަ ލަނޑެވެ.

ސިޓީ އިން މެޗުގެ ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ފުލަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ކާލޯސް ވިނީޝިއަސް އެވެ. މިއީ އެޓީމުގެ ވޭލްސްގެ މިޑްފީލްޑަރު ހެރީ ވިލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން މި މެޗުގައި ދެވަނަ ފަހަރަށް މެންޗެސްޓާ ސިޓީއަށް ލީޑު ހޯދައިދިނީ އެޓީމުގެ އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. މިއީ އެޓީމުގެ އަލްޖީރިއާ ފޯވާޑް  ރިޔާދު މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ ހާލަންޑްއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ފުލަމްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ހާލަންޑް ފޮނުވި ހަމަލާ އެޓީމުގެ ގޯލްކީޕަރު ބްރެންޑް ލެނޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އޭގެ ފަސް މިނެޓު ފަހުން ސިޓީގެ އަލްވަރޭޒަށް ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. އަލްވަރޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފުލަމްގެ ގޯލްކީޕަރު ލެނޯއެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެގެންނެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 32 މެޗު ކުޅެގެން ސިޓީއަށް 76 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު އިތުރަށް ކުޅެގެން އާސެނަލްއަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ފުލަމްއަށް 33 މެޗުން ލިބުނު 45 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި
03 Oct 2026 ކުޅިވަރު

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި

ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ މައްސަލައިގައި ލީގު ކޮމިޝަނުން ނެރުނު ރައުޔާ މެދު ހިތްހަމަނުޖެހި، މެންޗެސްޓާ ސިޓީ ފުޓުބޯޅަ ކްލަބުން އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މެންޗެސ...

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ
01 Oct 2026 ކުޅިވަރު

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ

މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ މާލީ މުއާމަލާތުގެ ގަވާއިދާ ހިލާފްވި މައްސަލާގައި އެންމެފަހުން އެ ކްލަބުގެ މައި ސްޕޮންސަރު  އިއްތިހާދު އެއާވޭސްއިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެއެވެ. މިކަމާ ގުޅި...

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
21 Sep 2026 ކުޅިވަރު

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އެޓީމް ހަމަޖެހިލައިފިއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި...

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
20 Sep 2026 ކުޅިވަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ. މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް...