އިމްރާން މޭޑޭގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ސަން)
އިމްރާން މޭޑޭގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ސަން)
ހަބަރު 01 May 2023 | 04:47

މެއި ޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތަރީޚް ބަދަލުކޮށްލި މުޒާހަރާ އެއް: ޢިމްރާން

2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ، މެއި ޑޭ މުޒާހަރާ، އަކީ ރާއްޖޭގެ ތަރީޚް ބަދަލުކޮށްލި މުޒާހަރާ އެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

މެއި ޑޭ ގެ މުޒާހަރާއަށް މިހާރު 8 އަހަރު ވެފައިވާއިރު، އެދުވަހުގެ މުޒާހަރާގައި ޢިމްރާން ދެއްކެވި ވާހަކަތަކަށް އަދި އަދަށް ދާންދެންވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ޢިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކިބައިން ދިވެހިން ސަލާމަތްވީ މެއި ޑޭގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމުން ކަމަށެވެ.

އަދި އަނިޔާވެރިންނާއި، އަނިޔާއަށް ތާއީދު ކުރާ މީހުންނަށް ގަބޫލު ނުކުރެވުނު ނަމަވެސް، މެއި ޑޭ މުޒާހަރާ އަކީ ރާއްޖޭގެ ތަރީޚް ބަދަލުކޮށްލި މުޒާހަރާ އެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެއި ޑޭގެ މުޒާހަރާ ހިނގި އިރު، އިދިކޮޅުގައި ހުންނެވި އަދި މިހާރު ފުލުހުންގެ ބެލެނިވެރި މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އިމްރާން، އެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ވަނީ، އަނިޔާވެރި ގޮތަކަށް އޮކްޓޯބަރު 2012ގައި އަވަހަރާކޮށްލި އަފްރާޝީމްގެ މަރުގެ ހަގީގަތް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށާ ޑޮކިއުމެންޓްތައް އަތުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

"[އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ] ހުމާމު ބުނީ ތެދެއް. ހުމާމު ބުނީ ޑރ. އަފްރަޝީމް ޝަހީދުކުރި މީހުން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާއި އަހުމަދު އަދީބާ ދެ މީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެ. އާދެ، މި ގައުމުގައި ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން އެ ދެ މީހުންނަކީ. އަޅުގަނޑުމެން އެއްވެ މި ތިބީ މި އަނިޔާވެރިކަމާ ދެކޮޅަށް، މި އަނިޔާވެރިކަން ނިންމަން،" 1 މެއި 2015ގައި އޭރުގެ އިދިކޮޅު އިއްތިހާދުން ބޭއްވި ބޮޑު އެއްވުމުގައި އިމްރާން ވިދާޅުވި އެވެ.

"އަފްރާޝީމް[ގެ މަރާ] ގުޅިގެން ގާތްގަނޑަކަށް ހަތް މީހުން މަރާލާފައި މި ބިންމައްޗަށް ވެއްޓުނީ. ކޮބާތޯ ޔާމީނަށް އެނގޭ ހަގީގަތް... މި ހުރީ އަޅުގަނޑު އަތުގައި ހުރި ޑޮކުމަންޓްތައް މިއަދު ވަގުތު ނެތް [ތަފްސީލަށް ދާން]. ދިވެހި ލޮބުވެތި ރައްޔިތުން، މި ހުރީ އަޅުގަނޑު އަތުގައި ޑޮކުމެންޓްތައް."

މެއި ޑޭގެ މުޒާހަރާގެ ތެރެއިން--

މުޒާހަރާގެ ތެރެއިން ޢިމްރާން އެފަދައިން ވިދާޅުވި ނަމަވެސް، ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެ އިމްރާނަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގެންނެވި ފަހުން އެއިރު ހުރިކަމަށް ވިދާޅުވި ހެކިތަކާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެތައް ފަހަރެއްގެ މަތިން އެ ސުވާލަށް ޖަވާބުދެއްވަން އިމްރާނުވަނީ ދެކޮޅުހައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ސުވާލުކުރުމުން އިމްރާން ވިދާޅުވެފައިވަނީ މޭޑޭގައި އޭނާގެ އަތްޕުޅުގައި ހުރި ހެކިތައް ފުލުހުން އޭނާ އަތްޕުޅުން އަތުލައިގެން ގެންދިޔައީ ކަމަށެވެ. ނަމަވެސް އެ ހެކި ހޯއްދަވަން ފަހުން މަސައްކަތްކުރެއްވިތޯ ސުވާލުކުރުމުން އެ ސުވާލަށް އިމްރާނު ޖަވާބެއް ނުދެއްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.