އެމްއެމްއޭ؛ ފޮޓޯ / ވޮއިސް
އެމްއެމްއޭ؛ ފޮޓޯ / ވޮއިސް
ހަބަރު 13 Oct 2026 | 12:49

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

ރާއްޖެއިން ބޭރަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހީންނަށް ވިއްކާ 1،000 އެމެރިކާ ޑޮލަރު ދެން ލިބޭނީ ދިވެހިން އާންމުކޮށް ބޭސްފަރުވާ ހޯދުމަށް ދަތުރުކޔރާ ހަ ޤައުމަށްކަމަށް އެމްއެމްއޭއިްނ ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ އެ ހަ ޤައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ ކަމަށެވެ.. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް ލިބޭ 2،000 ޑޮލަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް ޖުމްލަ 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން، ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ފައިސާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ ދިވެހީންނަށް 1،000 ޑޮލަރު ވިއްކަން ފެށި ފަހުން ބޭސްފަރުވާއަށް ވިއްކާ ޑޮލަރުގެ ޖުމްލަ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަނި ވެސް އަމިއްލަ ހަރަދުގައި ބޭރަށް ދާ ފަރާތްތަކަށް 29.2 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގެ މަސްބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އާލިމްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރެފި
13 Oct 2026 ހަބަރު

އާލިމްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތެރިވާށެވެ." ނެރެފި

"އޭ ހިތާއެވެ. ކެތެރިވާށެވެ." ގެ ނަން ދީފައިވާ މި ފޮތުގައި 448 ސަފްހާ ހިމެނޭ އިރު، ޖުމްލަ ހަ ބާބެއް ހިމެނެއެވެ. ފޮތް ނެރުމުގެ ކުރިން ވެސް، ކިޔުންތެރިންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާލިމް ފާހަގަކޮށްފައިވެއެވެ. އެ ގޮތުން، 700 އަށް ވުރެ ގިނަ ކޮޕީ ފޮތް ނެރުމުގެ ކުރިން އެކި ފަރާތްތަކުން ޕްރީ-އޯޑަރު ކޮށްފައިވެއެވެ. މިހާ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ އޭނާގެ މަސައްކަތާ މެދު ކިޔުންތެރިންގެ ހިތުގައި އޮތް ގަދަރުގެ ބޮޑުކަމުން ކަމަށާއި، އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް އާލިމް ބުނެފައިވެއެވެ.

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ
13 Oct 2026 ހަބަރު

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ

މިއީ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން ނިންމި ނިންމުމެކެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދި އޭނާއަށް ހުކުމެއް ނުކުރެއެވެ. އެ ގޮތުން، އަދަބު ކަނޑައެޅުން އޮންނާނީ ކުރިއަށް އޮންނަ އަޑުއެހުމެއްގައެވެ.

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް
13 Oct 2026 ހަބަރު

ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލަން، އިމްރާންގެ މިނިސްޓަރުކަމުގައި 2.9 މިލިއަން ރުފިޔާ ދޫކުރި: އޮޑިޓް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، އޭރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ކ. މާފުށީ ޖަލުގައި ހައި-ސެކިއުރިޓީ ވިންގެއް އެޅުމުގެ މަޝްރޫޢުގެ ތެރެއިން، ވުޖޫދުގައި ނެތް އިމާރާތެއް ތަޅާލުމުގެ ނަމުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ސުޕްރީމް ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، ރަސްމާލެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި
13 Oct 2026 ހަބަރު

ސުޕްރީމް ކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށް ނުވުމުން، ރަސްމާލެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފި

ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ރަޖިސްޓްރާ ނިންމެވީ، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ. ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ސީދާ ސުޕްރީމް ކޯޓުން ބެލެނީ، ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ މައްސަލަތަކާއި، ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާ ގުޅިގެން ފެންމަތިވާ ހިލާފުތަކާއި، ގައުމުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ކަމަށެވެ. ނަމަވެސް، މި ނިންމެވުން މުރާޖައާކޮށްދިނުމަށް 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ.

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ