ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް---ފޮޓޯ: ވޮއިސް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް---ފޮޓޯ: ވޮއިސް
ހަބަރު 01 May 2023 | 16:11

ޓެރިފް ރޭޓްއަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއް ނޫން: ޝަރީފް

ކަރަންޓު ބިލް ކުރާ ޓެރިފް ރޭޓްއަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއް ނޫން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ މިމަހުގެ ކަރަންޓު ބިލްތައް އާދަޔާޚިލާފަށް މަތި ކަމަށް ދައްކާ ޕޯސްޓްތަކެއް ސޯސަލް މީޑިޔާގައި ދައުރުވުމާއި ގުޅިގެން، މިއީ މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ބިލްތަކެއް ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެެފައިވަނީ ރީޑިންގ ނުނަގައި ބިލް ބޮޑުކުރިކަމަށް ދެކެވެމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

އަދި ސްޓެލްކޯއިން އެއްވެސް އިރެއްގައި ބިލް އާއި ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަ ކޮށްފައެއް ނުވާނެ ކަމަށެވެ.

މިއާއިއެކު ޓެރިފް ރޭޓްއަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން ކަމަށާއި ކަރަންޓު ބޭނުން ކުރުމަކީ ސްޓެލްކޯއިން ކޮންޓްރޯލް އޮންނަ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ވޭތުވެދިޔަ މަހަކީ އަދަޔާޚިލާފަށް ޖައްވު ހޫނުގަދަ މަހަކަށް ވެފައި ރޯދަމަސް ކަމަށް ވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ރިކޯޑް އަދަދަކަށް މަތިވެފައިވާ ކަމަށާއި ރޭގަނޑުގެ ވަގުތުގައިވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ބިލްތައް ބޮޑު ވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. އެހެންކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެކުންފުނިން ވޭތުވެދިޔަ މަހުގެ ތެރޭގައި ތަކުރާރުކޮށް އައީ އިލްތިމާސް ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި
19 Nov 2026 ހަބަރު

އުދަރެސްގެ 2 ވަނަ ޓަވަރުން ކަރަންޓު ކެނޑުނު ޔުނިޓްތަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

އެފްޑީސީން ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އާތިންގ ނަރުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ އީއެލްސީބީ ތަކަށް ވަނީ ގެއްލުން ލިބިފައެވެ.