އިންޑިޔާގެ ދިފާއީ ވަޒީރު އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ޒިޔާރަތް ކުރައްވައިފި
އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނިތް ސިންހް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ކުރައްވައިފިއެވެ.
އިންޑިޔާގެ ދިފާއީ ވަޒީރު ރަޖްނިތް ސިންހް ރާއްޖެ ވަޑައިގަތީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ރަޖްނިތް ސިންހް އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ ދީދީއެވެ. އިންޑިޔާގެ ދިފާއީ ވަޒީރުގެ މިދަތުރު ފުޅަކީ ރާއްޖޭގެ ދިފާއީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.
އިންޑިޔާގެ ދިފާއީ ވަޒީރު މިއަދުވަނީ އެމްއެންޑީއެފްގެ އިންޓަރގްރޭޓެޓް ހެޑްކުއަރޓާސް އަށް ޒިޔާރަތް ކުރައްވާފައެވެ. އިންޑިޔާގެ ދިފާއީ ވަޒީރު އެމްއެންޑީއެފްގެ ހެޑްކުއަރޓާސް އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދް ޝަމާލާއި އެމްއެންޑީއެފްގެ އިސް ބޭފުޅުންނެވެ.

މީގެ އިތުރުން އިންޑިޔާގެ ދިފާއީ ވަޒީރު ވަނީ 3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ގާއިމް ކޮށްފައިހުރި ހަނދާނީ ބިނާ އަށް ޒިޔާރަތް ކުރައްވާފައި ވެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ދިފާއީ ވަޒީރު މާރިޔާ ދީދިގެ އިތުރުން އެމްއެންޑީއެފްގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް