N/A
N/A
ހަބަރު 30 Jun 2020 | 20:51

ނުފޫޒު ގަދަ ރޭޕް ކޭސް: ބަދަލުވަމުން އަންނަ ރިޕޯޓްތައް!

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ އަންހެނަކު ރޭޕްކުރި މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރެވުނު ކަމަށް ބުނާ ސަރުކާރުގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ދެ ފިރިހެނުން ހައްޔަރު ކުރުމަށްފަހު، ފުލުހުން އެ މީހުން ދޫކޮށްލުމާއެކު މުޅި ރާއްޖެވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.

ރޭޕްކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ އެކަކީ މަޖިލިސް މެންބަރެއްގެ ފިރިކަލުންނެވެ. އެއީ ރައީސް އިބްރާހިމް މުހައްދު ޞަލިހްއާއި ވެސް ތިމާގެކަމުގެ ގުޅުމެއް އޮންނަ މެންބަރެއްކަމުން މި ބާވަތުގެ މައްސަލައަށް ވަންނާނެ ނުފޫޒާއި އޭގެ މިންވަރު ގިނަބަޔަކަށް އަންދާޒާކުރެވެއެވެ. އެއާއެކު ގިނަ ބަޔަކު ހާއްސަކޮށް ޒުވާނުން މަގުމައްޗައް ނިކުމެ މިވަނީ އިންސާފަށް ގޮވާލަން ނިކުމެފައެވެ.

ވޮއިސްއިން މައްސަލަ ބްރޭކްކުރުން!

ރޭޕްގެ މައްސަލަ ފުރަތަމަ ފެންމަތި ކޮށްލި "ވޮއިސް" ގެ ބްރޭކިންގ އާއެކު ފުލުހުންނަށް ވަނީ މި ކޭހުގެ މައުލޫމާތު ހިއްސާކުރުމަށް މަޖުބޫރުވެފައެވެ. މިއީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ވޮއިސް އަށް ލިބިފައިވާ ސިއްރު މައުލޫމާތެއް، ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ކޮމެންޓް ހޯދުމަށް ކުރިމަސައްކަތް ނާކާމިޔާބު ވުމުން ފުލުހުންގެ ބަސް ނުހިމަނައި އެރޭ ބްރޭކް ކުރުމާއެކު ފުލުހުން ވަނީ މައްސަލައިގެ ވަރަށް ކުރު ތަފްސީލެއް ދީފައެވެ.

ފުލުހުން ބުނީ ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 26 ޖޫން ވަނަ ދުވަހުގެ ފަތިހު 05:00 ޖަހާކަށްހާއިރު ފުލުހުންނަށް ހުށައެޅުނު ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން ވަނީ 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށާއި ފުލުހުން މި މައްސަލަ ދަނީ ބަލަމުންދާކަމަށް ބުނެފައިވެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފުލުހުން ވަނީ އެ ދެމީހުން ދޫކޮށްލާފައެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއާއެކު ރޭޕް ފަދަ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު، އަދި ވިކްޓިމްއަށް ނުފޫޒާއި ބާރު ފޯރުވައި އަޑު ކަނޑުވާލެވޭ ފެންވަރުގެ ބައެއް ދޫކޮށްލުމުން ގިނަ ނޫސްވެރިން އައީ ފުލުހުންނާޢި އެކަމާއި ބެހޭގޮތުން ސުވާލު އުފައްދަމުންނެވެ. ފުލުހުން ވަނީ ތަހުޤީގުކުރެވޭ މައްސަލައެއްކަމަށް ބުނެ މި ސުވާލުތަކަށް ޖަވާބު ދިނުމަށް އުޒުރުވެރިވެލައްވާފައެވެ.

ކަންހިނގިގޮތްކަމަށް ބުނެ މެންދުރު ނޫހުން ރިޕޯޓްކުރުން!

ދުވަހު ނޫސް "މެންދުރު" ގައި މި ހާދިސާގައި ޖިންސީ ގޯނާގެ ފުރައްސާރަ ކުރިމަތި ވި ކެންޏާ އަންހެން މީހާގެ އިންޓަވިއު ޝާއިއުކުރެވިގެންދިޔައެވެ.

"އެމީހުންނާއެކު ނެށުމަށް ދެކޮޅު ހެދުމުން ”ވީ އަރ ދަ އޯރނާރސް އޮފް ދަ ބޯޓް، އެންޑް ވީއަރ ވެރީ ޕޮލިޓިކަލީ ޕަވަރފުލް ޕީޕަލް“ ކަމަށް ބުނެ އަނެއްކާވެސް ގައިގެ އެތަން މިތަނުގައި އަތްލައި ގައިގޯޅިވާން ފެށިއެވެ." މެންދުރުގެ ރިޕޯޓުގަިއ ވެއެވެ.

މީގައި އޭނާ ރޭޕްކޮށްފައިވާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އަދި އެމީހުންގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް އެމައްސަލަ ބެލުނުކަމަށް އެ ރިޕޯޓުގައި ވާއިރު ފުލުހުންގެ ފަރާތުން ކުރިމަތި ވި ނޫފޫޒުގެ ވާހަކަވެސް ވެއެވެ.

https://mendhuru.mv/3925/

"ނަމަވެސް އިރުކޮޅަކުން އިންޗާޖަށް އައި ފޯނުކޯލެއް ނިންމާލުމަށްފަހު އިންޗާޖުގެ ރާގު ބަދަލުވިއެވެ. ދެން ސުވާލުކުރީ ވޯކްޕަރމިޓް އޮތްތޯއާއި، ރާއްޖެއައިސް އުޅެނީ ކީއްކުރަންތޯއެވެ.؟ އަދި މަސްތުވުމަކީ ކުށެއްކަމަށާއި ވިކްޓިމް ގައިން ރަލުގެ ވަސް ދުވާ ކަމަށާއި، ވިކްޓިމް މަސްތުވެފައި ހުރީ ކޮންކަހަލަ ރަލެއް ބޮއިގެންތޯވެސް ސުވާލުކުރިއެވެ؟ އަދި ވިކްޓިމް އަކީ ހަށިވިއްކާ އަންހެނެއްތޯ ސުވާލުކުރުމުން، ވިކްޓިމް އަކީ ހަށިވިއްކާ ޕްރޮސްޓިޓިއުޓެއް ނޫންކަމަށް ބުނުމުން ދަންވަރު ގަޑީގައި ސަފާރީގައި މަސްތުވެގެން އުޅުނީ ކީއްވެތޯއާއި، ޕްރޮސްޓިޓިއުޓެއް ނޫންނަމަ ގަޔަށްބާރު ކުރުހެދުމެއް ލައިގެން ބޭރުގައި އުޅުމުގެ މާނައަކީ ކޮބައިތޯވެސް ސުވާލުކުރިއެވެ؟ އަނެއްކާވެސް އިންޗާޖަށް ފޯނުކޯލެއް އައިސްގެން ބޭރަށް ދިޔައެވެ. އިރުގަނޑެއްފަހުން އެހެން ޕޮލިސް އޮފިސަރެއް އައިސް މިހާރު ގެއައް ދާންވީ ކަމަށާ ފަހުން މައްސަލަބަލަން ގުޅާނެ ކަމަށް ބުންޔެވެ. ޜޭޕް ވިކްޓިމް ކިޓް އަދި ސާމްޕަލް ނުނަގަންތޯއާއި ހޮސްޕިޓަލަށް ނުގެންދޭތޯ އެހުމުން ފަހުން ސާމްޕަލް ނަގާނެ ކަމަށާ މިހާރު ރަންގަޅުވާނީ ގެއަށް ދިޔުން ކަމަށާއި އަދި ވަރަށް ސިއްރުން އެ ފުލުސް މީހާ ބުނީ ރޭޕް ކުރި ދެމީހުންނަކީ މިގައުމުގެ ސަރުކާރުގައި ވަރަށް ބާރު ގަދަ ”ރޯޔަލް ފެމިލީ“ ބައެއްކަމަށާއި އަދި އެއިގެ ތެރެއިން އެކަކީ ޕްރެޒިޑެންޓްގެ ރިލޭޓިވްއެއް ކަމަށާއި، ޕޮލިސް ހެޑް އޮފީހުން އެމީހުން ދޫކޮށްލާށާއި އަދި ރޭޕް ވިކްޓިމް ގެއަށް ފޮނުވާލަން އެތައް ކޯލެއް އައިސްފިކަމަށާއި ސީދާ ވަރަށް މަތިން ފޯންކޯލް އައިކަމަށް ބުންޔެވެ. އަދި މުޅި ހުޅުމާލޭ ފުލުސް ސްޓޭޝަންގެ ފުލުހުން ވަނީ މިކަމާ ވަރަށް ހިތްހަމަ ނުޖެހިފަ ކަމަށާއި ރޭޕް ކޭސް އެއްގައި މިގޮތަށް ކްރައިމް ސީނުން ހައްޔަރުކުރާ ރޭޕިސްޓުން ދޫކޮށްލާ މީ ފުރަތަމަ ފަހަރުކަމަށް ފުލުސް ކުއްޖާ ބުނިކަމަށް ވެއެވެ." މެންދުރުގައިވެއެވެ.

https://mihaaru.com/news/76469

ކަންވީގޮތް ބަދަލުވެ މިހާރުގައި ރިޕޯޓުކުރުން!

މިއާއެކު ދުވަހު ނޫސް މިހާރުން ވަނީ ކެންޏާގެ އަންހެންމީހާއާއިކޮށްފައިވާ އިންޓަވިއުއެއްކަމަށްބުނެ އިންޓަވިއުއެއް ޝާއިއުކޮށްފައެވެ.

މި އިންޓަވިއުގައި ކުރިން މެންދުރަށް ދީފައިވާ އިންޓަވިއުގައި ހުރިބައެއްކަންކަން ހުއްޓެވެ. ނަމަވެސް ރޭޕްނުކުރާކަމަށް އޭނާ ބުނެފައިވާކަމަށް މިހާރުގައިވެއެވެ. ޖިންސީ ގުނަވަނުގައި ހިފުމާއެކު ދެވަނަ ފަހަރަށް އެކަން ކުރަން އުޅެން ދިމާކުރުމުން މޫދަށް ފުންމާލިކަމަށް އޭނާ ބުނެފައިވެއެވެ. ފުލުހުންނަށް ދިޔަކަމާއި އޭނާއަށް ޖިންސީ ގޯނާ ކުރި މީހުންނަށް ދައުވާ ކުރަން ބޭނުން ނޫން ވާހަކަވެސް ބުނެފައިވެއެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ ސޮޕްންސާއާއެކު ހިންގާ "މިހާރު" ނޫހުން ގެނެސްދިން މި ރިޕޯޓަކީ މައްސަލަ އޮއްބާލަން ކުރާ މައްސައްކަތެއްގޮތަށް ގިނަބަޔަކު އަންނަނީ ސިފަކުރަމުންނެވެ. މަޖިލިސްގައި މި މައްސަލަ ބަލަމުން ދަނިކޮށް ޝާއިއުކުރި ރިޕޯޓާއެކު ވިކްޓިމްއަށް ފައިސާ ދީ އަނގަ ބަންދުކުރުމަށް އޭނާގެ ފުރަތަމަ އިންޓަވިއުގައި ބުނާ "ބާރުގަދަ" މީހުން މަސައްކަތްކުރާކަމުގެ ހެކި މިހާރު ރިޕޯޓުން ހާމަވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ރާއްޖޭގެ އެންމެ އިތުބާރުކުރެވޭ ނޫސްމެދުވެރިކޮށް ސަރުކާރަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރަން ޖެއްސި ދަށުދަރަޖައިގެ ޑައިވާޝަންއެއްގޮތަށް ގިނަބަޔަކު މީސްމީޑިއާގައި އަންނަނީ ފާހަގަކުރަމުންނެވެ. ބައެއް ފަރާތްތަކުން އަންނީ މި ލިޔުން މީސްމީޑިއާގައި ފައިސާދީގެން މިހާރު ނޫހުން ޕްރޮމޯޓްކުރަނީ ކީއްވެތޯ ވެސް ސުވާލު އުފައްދާފައިކަން ފާހަގަކޮށްލަންޖެހެއެވެ.

މިއާއެކު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީޑިއާތަކަށް ރޭޕްގެ ހަބަރުތަކާއި ގުޅިގެން ނޫސްބަޔާނެއްނެރެފައެވެ.

އިއްޔެ ހަވީރު ދިވެހި ޒުވާނުން ނިކުތީ މިހުރިހާ ޕޮލިޓިކްސްއަކަށް ނޫނެކޭބުނާށެވެ. ރައީސް ޞާލިހްގެ ވެރިކަމުގައި މަގުމައްޗައް ސަރުކާރާ ދެކޮޅަށް މިވަރަށް ނިކުތް މިއީ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ފޮޓޯ: ޝުންބާ

އެޑިޓަރުގެ ނޯޓް: ނުފޫޒު ގަދަ ފަރާތްތަކެއް ހިމެނޭ ރޭޕް ކޭސްއާއި ގުޅުން ހުރި ހަބަރާއި ރިޕޯޓު ލިޔާ ލިޔުންތެރިންގެ ނަން ނުފެންނަގޮތައް ހެދުމަށް މި ނޫހުންވަނީ ނިންމާފައެވެ. މިއީ ނޫސްވެރިންގެ ރައްކަލަކަށް އެޅިފައިވާ ފިޔަވަޅެއްކަން އެންމެހާ ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ
30 Oct 2026 ހަބަރު

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި
29 Oct 2026 ހަބަރު

ނޫހު ޝަރީއަތް ނިމެންދެން، ދެން ތިބި މީހުން ބަންދަށް މުއްދަތު އިތުރުކޮށްފި

ގދ. ތިނަދޫގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް  މީހަކު ގެނޭ
29 Oct 2026 ހަބަރު

ބިރުވެރި ޚަބަރެއް: ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އައިޖީއެމްއެޗަށް މީހަކު ގެނޭ

އެގޮތުން ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ގެނެވޭކަން ފާހަގަކޮށްފައިވެ އެވެ.

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން
29 Oct 2026 ހަބަރު

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން

މި ޒުވާނާ ކިޔައިދިނީ ވަޒީފާއެއް ހޯދުމަށް ކުރަމުންދާ އުނދަގޫ ތަޖުރިބާ: ރައީސް ދެއްވީ ޔަގީންކަން

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި
29 Oct 2026 ހަބަރު

އެމްޕީއެލަށް ގަތް ތެލަށް ހިޔާނާތްތެރިވި ދެ މީހަކު އަށް އަހަރަށް ޖަލަށް، ބަދަލުގެ ގޮތުގައި 13 މިލިއަން ދައްކަން އެންގި

ދެ މީހުން ވެސް 8 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލައި މި މައްސަލާގައި ހިޔާނާތްތެރިވި 783،100 ލީޓަރުގެ ޑީސަލަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވަނީ އަންގާފަ އެވެ.

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި
29 Oct 2026 ހަބަރު

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް އުނގެނުމުގެ ގޭމުތަކާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި

ރާއްޖޭގޭ ޤައުމީ މަންހަޖަށް ޚާއްޞަކޮށް 97 އުނގެނުމުގެ ގޭމާއެކު "ސިލަބައި ގޭމްސް" ލޯންޗުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.