ނަރުދޫ ކައުންސިލްމެމްބަރުން ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަނީ. ފޮޓޯ: އެމްޑީޕީ
ނަރުދޫ ކައުންސިލްމެމްބަރުން ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު 01 Aug 2023 | 13:28

ނަރުދޫ ކައުންސިލްގެ އަޣްލަބިއްޔަތު އެމްޑީޕީއަށް

ޖުމްހޫރީ ޕާޓީގެ އަޣްލަބިއްޔަތު އޮތް ށ ނަރުދޫ ކައުންސިލްގެ އަޣްލަބިއްޔަތު ވެރިކަން ކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީ އިން ހޯދައިފިއެވެ.

ނަރުދޫ ކައުންސިލްގެ އިސް ބޭފުޅުންތަކެއް ވަނީ މިއަދު އެމްޑީޕީ އަށް ސޮއިކުރައްވައިފައެވެ. އެގޮތުން ނަރުދޫ ކައުންސިލުގެ ރައީސް މުޙައްމަދު މުސްތަރުޝިދު، ނާއިބްރައީސް އަލީ ޝަރީފް އަދި ކައުންސިލު މެންބަރު މުޙައްމަދު މަދީހުއާއި، ކައުންސިލު މެންބަރު ސާމާ މުޙައްމަދު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި ފޯމު ރައީސް ޞާލިޙަށް ވަނީ އަރުވާފައެވެ.

އެފަރާތްތަކުން އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމުތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ހަވާލު ކުރައްވާފައި ވަނީ ނަރުދޫގައި ބޭއްވި ޖަލްސާއެއްގައެވެ.

ނަރުދޫ ކައުންސިލްގެ 4 ބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުން ކުރިން ޖޭޕީ އަށް އޮތް އެކައުންސިލްގެ އަޣްލަބިއްޔަތު މިވަނީ ގެއްލިފައެވެ.

ކައުންސިލްގެ މެމްބަރުންގެ އިތުރުން އެރަށުގެ ކުރީގެ ކައުންސިލަރު އަދި ޕީޕީއެމްގެ އެކްޓިވިސްޓު ހުސައިން ސިރާޖާއި، ޑަބްލިއުޑީސީގެ ރައީސާ މަރިޔަމް ރަޝީދާ ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ފޯމު ރައީސް ސާލިޙަށް ޙަވާލުކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު
21 Nov 2026 ހަބަރު

ހަމައެކަނި ވެރިން ކޮޓަރި ކޮޓަރީގަ ތިއްބަވައިގެން ނިންމަވާ ކަންކަން ކުރިޔަށް ނުގެންދެވޭނޭކަން މި ދަނީ ފެންނަމުން: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުލިބި، އެކަން ދެފުށް ނުފެންނަ ގޮތަށް ހިނގަމުންދިއުމެވެ