މިއަދު އެކަނިވެސް 199 މީހަކު ދިވެހިރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
މިއަދު އެކަނިވެސް 199 މީހަކު ދިވެހިރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މި ބައްޔަށް 199 މީހަކު ވަނީ އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން 145 ދިވެހިން މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މިއާއި އެކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 8003 މީހުންނަށް އަރާފައެވެ. މިބަލިން ރަނގަޅުވެފައިވަނީ ޖުމްލަ 5265 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 31 މީހަކު ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.
މި ބަލީގައި 29 މީހަކު ދިވެހިރާއްޖެއިން ވަނީ ނިޔާވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް