ތުހުމަތު އޮތް ދެ މީހުން
ތުހުމަތު އޮތް ދެ މީހުން
ހަބަރު 17 Oct 2026 | 18:12

ބްރިޖު ހައިވޭގައި ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާ: ދެ މީހެއްގެ ފޮޓޯ އާންމުކޮށްފި

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ 2026 އޮކްޓޫބަރު 17 ވީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ އުއްދަޑިމާގެ / ހދ. ކުޅުދުއްފުށި، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއީ މަލަ / ކ. ގާފަރު، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިގެން ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. މި މީހުންގެ ތެރެއިން ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. އަދި އަޙްމަދު ސިނާޒް އަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.

މި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، ސިނަމާލެ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ވަނީ ޗެކްޕޮއިންޓުގައި ޖަހާފައި ހުރި ބެރިކޭޑުގައި ޖެހި، އެތަނުގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހިފައެވެ.

މި ހާދިސާގައި އެ އޮފިސަރުގެ މޫނުމައްޗަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު
17 Oct 2026 ހަބަރު

ދޮޅު އަހަރު ވީއިރުވެސް އާންމު އުނދަގުލަކަށް ވީ މީހާގެ މައްސަލާގައި ހައްލެއް ނުލިބުނު

ސައީދު މިރޭ ބުނެފައިވަނީ ފުލުހުން އޭނަ ހައްޔަރުކުރިނަމަވެސް ހަޅުތާލު ކުރިއަށްގެންދާނޭކަމަށާއި، ބޭނުންވަނީ މި މައްސަލައަށް ދައިމީ ހައްލެއްކަމަށެވެ. މި މައްސަލާގައި ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާތާ ދޮޅުއަހަރުވެފައިވާކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
17 Oct 2026 ހަބަރު

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ތުހުމަތުގައި ކޯޓަށް ގެންދިޔަ މީހުން ބުނެފައިވަނީ، އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެމީހުންނަށް އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. ނަމަވެސް ފުލުހުން ހުށަހެޅި ހެކިތައް ބަލައި، ހަ މީހުން ވެސް 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް
17 Oct 2026 ހަބަރު

ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް

އިރުތިޝާމް ވަނީ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތު ކުރިއަށްވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށްކޮށްގެން، މިނިވަން އަދި ސިޔާދަތު ހުރި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް
17 Oct 2026 ހަބަރު

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލަ؛ 4 މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ފުލުސް އޮފިސަރަކަށް ސައިކަލުން ޖެއްސި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ. އޮފިސަރުގެ ހާލަތު އަދި ހާމައެއް ނުކުރެއެވެ.

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން
17 Oct 2026 ހަބަރު

ސީރިއަސް ޒަހަމްތަކެއް ލިބުނު ފުލުސް އޮފިސަރުގެ ގާތަށް ދާހިލީ ވަޒީރު އަލީ އިހްސާން

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި އެ އޮފިސަރު ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ވަޒީރު ވަނީ ސާބަސް ދެއްވާފައެވެ

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
17 Oct 2026 ހަބަރު

ހެންވޭރުކޮޅުގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އެކި ގޮތްގޮތުން އުނދަގޫކުރަމުންދާ މި މީހާގެ މައްސަލަ މީގެކުރިންވެސް އެތައް ފަހަރަކު ފުލުހަށް ހުށަހަޅާފައިވާއިރު، ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ވަނީ އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިއަދުވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.