ރައީސް މައުމޫނުގެ މަރުޙަބާ ޑރ މުޢިއްޒަށް
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވެވި ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްްވެވި ޓްވީޓެއްގައި ޑރ މުޢިއްޒު ހޯއްދެވި ކާމިޔާބަށް މަރުޙަބާ ދަންނަވައިފައިވެއެވެ.
އަދި ރާއްޖެއަށް ބޭނުންވަނީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްދާނެ ރަނގަޅު ހިންގުންތެރި ސަރުކާރެއް ކަަމަށް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވަނީ ސުލްހަ މަސަލަސް ކަން ދަމަހައްޓައި ދެވޭނެ ވެރިއެއް ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ މުޢިއްޒު ހޯއްދެވި ކަމިޔާބަށް އެމްޑީޕީ އާއި ރައީސް ޞާލިޙްވެސް ވަނީ މަރުޙަބާ ދަންނަވައިފައެވެ.
އަދި ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އަންނަނީ ޑރ މުޢިއްޒުގެ ކާމިޔާބަށް މަރުޙަބާ ދަންނަވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް