އިންތިޚާބީ ރައީސް ޑރ މުއިއްޒަށް ޕާކިސްތާނު ސަރުކާރުންވެސް ތަހުނިޔާ ކިޔައިފި
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ޕާކިސްތާނު ސަރުކާރުން ވެސް ތަހުނިޔާ ކިޔައިފިއެވެ.
ޑރ މުއިއްޒުއަށް ތަހުނިޔާ ފޮނުވައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ކުރި ޓުވީޓެއްގައި ބުނީ މުއިއްޒު ހޯއްދެވީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އިންތިހާބީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތަހުނިޔާ ކިޔާ ކަމަށް ބުނެފައިވެއެވެ.
ޕާކިސްތާނުގެ އެމްބަސީން ބުނީ މުއިއްޒު ހޯއްދެވި ކާމިޔާބީން އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ހާމަވެގެން ހިނގައްޖެ ކަމަށެވެ.
މީގެ އިތުރުންވެސް ޑރ މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ފާގަތިކަމާއި ތަރައްގީއާއި ކުރިއެރުމަށް އެދޭކަމުގައި އެ އެމްބަސީގެ ޓުވީޓުގައި ބުނެފައިވެއެވެ.މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅުގެން އިންޑިއާ އަދި ޗައިނާއިން ވެސް ވަނީ ތަހުނިޔާ ދަންނަަވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް