މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާއި ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތިނަދޫ ސިޓީއާ ފުނަދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން އޮކްޓޫބަރު 29 ވަނަ ދުވަހު ހިނގި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ ސިޓީއިން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ / މިނިވަންއައްސޭރި، އަޙްމަދު ހާޝިމް (36އ) އާއި ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަޙްމަދު (25އ) އާއި ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ) އަދި ގދ. ގައްދޫ / ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމު ކަމަށެެވެ.

މީގެ އިތުރުން މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ށ. ފުނަދޫއިންވެސް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ނީލުވިލާ، ޢާދަމް ފަތުޙީ (30އ) އެވެ.
އޮކްޓޫބަރު 29 ވަނަ ދުވަހު ފުނަދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާ، ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.15 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް