ރައީސް ޞާލިޙް ހިރިލަންދުއަށް ފުރާވަޑައިގަންފި
ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތ. ހިރިލަންދޫއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ޞާލިހް ހިރިލަންދޫއަށް ކުރެއްވި މި ދަތުރުފުޅަކީ، ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި އެރަށުގެ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މި އިމާރާތަކީ އެ ރަށުގައި އަލަށް އިމާރާތް ކުރި އޮފީހެކެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ މި ރެއެވެ.
މީގެ ތިން އަހަރު ކުރިންވެސް ރައީސް ވަނީ އެރަށަށް ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް