ށ. ނަރުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ފަށަނީ
ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެގޮތުން މިކަމާއި ގުޅިގެން އެމްޓީސީސީއިން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ކުރިޔަށް ދާނެ ކަމަށެވެ.
މިއާއިއެކު 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ވެސް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
އަދި 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭނެއެވެ.
މީގެ އިތުރުން އެމްޓީސީސީއިން ވަނީ މި މަޝްރޫޢަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް