ޗިކަން ޝަވަރުމާ
ޗިކަން ޝަވަރުމާ
ލައިފްސްޓައިލް 02 Apr 2023 | 05:59

މިއަދުގެ ރެސިޕީ ޗިކަން ޝަވަރުމާ މީރުކުދިންނަށް

ޝަވަރުމާ އަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް މީރު ޑިޝް އެކެވެ. އެކި މީހުން އެކި ގޮތަށް ޝަވަރުމާ ތައްޔާރުކުރެއެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޝަވަރުމާ ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލުމަށް ވަރަށް ކަމުދާނެ ބާވަތެކެވެ.

ބްރެޑް ތައްޔާރުކުރުން

ބޭނުންވާނެ ތަކެތި:

3 ޖޯޑު ފުއް

2 1/2 ސައި ސަމުސާ ލޮނު

1 ސައި ސަމުސާ ބޭކިންގ ޕައުޑަރ

5 މޭޒުމަތީ ސަމުސާ ބަޓަރ (ފިނި ކަނޑުވައި މަޑުކޮށްފައި)

ހޫނު ފެން

ތައްޔާރުކުރާނެ ގޮތް

1) ބޮޑު ތައްޓެއްގައި ފުށާއި، ލޮނާއި ބޭކިންގ ޕައުޑަރ އެކުލަވާލުމަށްފަހު އޭގެ ތެރެއަށް ބަޓަރ އަޅާފައިވެސް ރަނގަޅަށް އެކުލަވާލާށެވެ.

2) ދެން ފެން އަޅައިގެން ރަނގަޅަށް ފުށްގަނޑު މޮޑެލުމަށްފަހު ގުޅަހަދާފައި ވަށްކޮށް ރޮށި ދަމައި އެ ރޮށިތައް ފިހެލާށެވެ.

ކުކުޅު މެރިނޭޓް ކުރުން

ބޭނުންވާ ތަކެތި

500 ގުރާމު ޗިކަން ބްރެސްޓް

2 ސައި ސަމްސާ ލޮނުމެދު ޕޭސްޓް

2 ސައި ސަމުސާ ލޮނު

ބޮޑު ފިޔައެއް (ވަރަށް ތުނިކޮށް ކޮށާފައި)

1 ސައި ސަމްސާ އަސޭމިރުސް

1 ސައި ސަމްސާ ދިރި

1 ސައިސަމުސާ މުގުރި މިރުސް

1/2 ސައި ސަމްސާ ޖިންޖަރ ޕޭސްޓް

1 ލުނބޮލުގެ ހުތް

½ ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

1) ކުކުޅު މަސްގަނޑުގަައި ރަނގަޅަށް ޅިޔަ އަޅާލާށެވެ.

2) ބޮޑު ބޯތަށްޓެއްގައި ތެލާއި ދެންވެސް ހުރި ހުރިހާ ތަކެތި އެކުލަވާލާށެވެ.

3) ދެން އެ މެރިނޭޓް މިކްސްޗަރ ކުކުޅުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 2 ގަޑިއިރު ނޫނީ އެއަށް ވުރެ ގިނަ އިރުވަންދެންވެސް މެރިނޭޓް ކޮށްލާށެވެ.

4) މެރިނޭޓް ކޮށް ނިމުމުން ތަވައެއްގެ ތެރޭގައި މަޑު ގިނީގައި ކުކުޅުގެ ރޯފިލަންދެން ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ރަން މުށި އަރަންދެން ފްރައި ކޮށްލާށެވެ.

5) ދެން ހިމަކޮށް ދިގުކޮށް ވާގޮތަށް ކުކުޅު ކޮށާލާށެވެ.

ޝަވަރުމާ ސޯސް ތައްޔާރު ކުރުން

ބޭނުންވާ ތަކެތި

½ ޖޯޑު ޕްލެއިން ޔޯގަޓް

ލުނބޯ ފަޅިއެއްގެ ހުތް

1/2 ސައި ސަމުސާ ލޮނު

1/2 ޖޯޑު އެކްސްޓްރާ ވާޖިން އޮލިވް އޮއިލް

2 ލޮނުމެދު ހިމުންކޮށް ގާނާފައި

1/2 ސައިސަމުސާ އަސޭމިރުސް

1 މޭޒުމަތީ ސަމުސާ ޗިލީ ޗިކަން ސޯސް

1 ބިސް

3 މޭޒުމަތީ ސަމުސާ ތައުސަންޑް އައިލްސް ސޯސް (ރެމިއާ ބްރޭންޑް ގެ)

ތައްޔާރުކުރާނެ ގޮތް

1) ޔޯގަޓާއި ތެޔޮ ފިޔަވައި ދެން ހުރި ތަކެތި މިކްސަރަށް އަޅައި އެކުލަވައި ލުމަށްފަހު، ތެޔޮ އަޅަމުންވެސް އެކުލަވަމުންދާށެވެ.

2) ތެޔޮ އަޅައި ތައްޓަކަށް އަޅާލުމަށްފަހު ޔޯގަޓްވެސް އެއަށް އަޅައި އެކުލަވައިލާށެވެ.

ޝަވަރުމާ ތައްޔާރުކުރުން

ބޭނުންވާ ތަކެތި

1 ބެލް ޕެޕަރ (ދިގަށް ކޮށްފައި)

ލެޓިއުސް ފަތް

1 ޓޮމާޓޯ (ތުނިކޮށް ކޮށާފައި)

ސްލައިސް ޗީޒް

ތައްޔާރުކުރާނެ ގޮތް

1) ޝަވަރުމާ ރޮށީގައި، ޝަވަރުމާ ސޯސް ރަނގަޅަށް އުނގުޅާލުމަށްފަހު ރޮށީގެ މެދުގައި ލެޓިއުސް ފަތް ބޭއްވުމަށްފަހު އޭގެ މަތީގައި ކުކުޅު ކޮޅެއް އަތުރާލާށެވެ.

2) ދެން ކުކުޅު ކޮޅު މަތީގައި ބެލްޕެޕާރ، ޓޮމާޓޯ، އަތުރާލައި އޭގެ މަތީވެސް ޝަވަރުމާ ސޯސް އުނގުޅާލާށެވެ.

3) އެއަށްފަހު ޗީޒް ފޮއްޗެއް ދެފަޅި ކޮށްލުމަށްފަހު އޭގެ މަތީގައި ރީތިކޮށް ބާއްވާލުމަށްފަހު ރޮށި އޮޅައިލާށެވެ. ހަރުކޮށްލައިފައި ބޭއްވުމަށް ދެކޮޅަށް ދެ ޓޫތު ޕިކްވެސް ޖަހައިލެވިދާނެއެވެ.

4) ދެން ޗީޒް ވިރެންދެން އަވަނުން ފިހެލާށެވެ. ޝަވަރުމާ އެހުރީ ތައްޔާރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...