ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި
ސިނަމާލެ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރިޖުގެ ހުޅުމާލެއިން މާލެ އަަންނަ ލޭން އިން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކު ސައިކަލު ބެހެއްޓުމަށްފަހު ބްރިޖު މަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:44 ގައި އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި ބްރިޖިިމަތިން ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ އޭނާ ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރި ލޯންޗެއް ކަމަށާ، އޭނާ މާލެ ގެނައި ފުލުހުންގެ ލޯންޗެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް