ހުޅުމާލެ ފޭސް 2 ގައި ޕިކަޕްއަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ވޮއިސް' އަށް ވިދާޅުވެފައިވަނީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ނިރޮޅު މަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު 15:17 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް