މާދަމާރޭ މާލޭގައި ހަވާއަރުވަނީ
މާދަމާ ރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.
ހަވާ އަރުވަން ހަމަޖެހިފައިވަނީ މާލެ ސިޓީ އުސްފަސްގަނޑު ސަރަހައްދުގައި 21:00 ގައެވެ.
މާދަމާ ރޭ ހަވާ އަރުވަނީ އީދު ބައިބަލާ ޗެލެންޖް 1444 ގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ކާމިޔާބު ކުރުމާއި ގުޅިގެން، އުފާ ފާޅުކުރުމުގެ ގޮތުންކަމަށް އެކުލަބުން މައުލޫމާތުދެއެވެ.
އެ ކްލަބުން ވަނީ މާލެ ސިޓީގައި ދިރިއުޅުއްވާ ކުދިބޮޑު އެންމެންނަށް މިހަފްލާ އަށް ދައުވަތު އަރުވައިފައެވެ.
ރާއްޖޭގައި ހަވާއެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އަށެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށްނަމަ ހަވާއަރުވައި ދެނީ ކޮންމެ މިނިޓަކަށް ގާތްގަނޑަކަށް 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ އަގަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް