ރައީސުލްޖުމްހޫރިއްޔާ ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން
ހަބަރު 02 Aug 2023 | 16:19

ވައުދުތައް ފުރިހަމަވުމުގެ ސިއްރަކީ އެއްވެސް ރަށެއް ބާކީނުކޮށް ސުލްހަވެރިކަމާއެކު މުޅި ރާއްޖެ ކުރިއަރުވަން އަމާޒު ހިފުން : ރައީސް ސޯލިހް

‏މި ސަރުކާރުން ރައްޔިތުންނަށް ވީވައުދުގެ %90 ފުރިހަމަވަމުން ދިއުމުގެ ސިއްރަކީ، ސިޔާސީ ހަލަބޮލިކަން ދޫކޮށް މުރައިދޫ ފަދަ އަޅާނުލާ ހުރި ރަށްތައްވެސް ބާކީނުކޮށް ސުލްހަވެރިކަމާއެކު މުޅި ރާއްޖެ ކުރިއަރުވަން އަމާޒުހިފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ހއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އަދި އެ މަނިކުފާނުގެ އަންނަ ދައުރުގެވެސް އަމާޒަކީ ހަމަޖެހުން ދަމަހައްޓައި ވައުދުތައް ފުއްދުން ކަމުގައިވެސް އެ ޓުވީޓުގައި އިތުރަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހއ، ށ، މ، އަދި ވ އަތޮޅުގެ ހުރިހާ ރަށަކުންނާ ފުވައްމުލަކުން ހަމަޖެހުމާ ތަރައްގީއަށް ރައްޔިތުން އެދޭމިންވަރު ފެނިވަޑައިގެން އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް ކުރަމުންދާ ދަތުރުގައި ރައްޔިތުން އެ މަނިކުފާނާއެކު ތިއްބެވި ކަމުގެ ހިތްހަމަ ޖެހުން ލިބިވަޑައިގެންފި ކަމުގައެވެ.

ތިކުރާ އިތުބާރާއެކު، ރައްޔިތުން އެދޭ އިތުރު ތަރައްގީ ހޯދައިދީ ރަށު ފަތުރުވެރިކަމަށް ފައްކާވަމުން އަންނަ ބޮޑުތިލަދުންމައްޗަށް ފަހި ފުރުސަތުތަކެއް މިފެށޭ ދައުރުގަ ހޯދައިދޭނަން

ރައީސްގެ އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ރައީސް ދަތުރުކުރައްވަމުން ގެންދަވާއިރު، އައު ދައުރަކަށް އެ މަނިކުފާނު ގެންދަވަނީ ގިނަ ވައުދުތަކެއް ވެ ވަޑައިގަންނަވަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި
15 Oct 2026 ހަބަރު

އުުރީދޫއިން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އުރީދޫ މޯލްޑިވްސް އިން އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ
15 Oct 2026 ހަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ދިރާސާއާ ގުޅޭ ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 13 ސްކޮލަރޝިޕް ދޫކުރަނީ

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މި މަޝްރޫއުން ތިން ދާއިރާއަކުން ބެޗެލާސް އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިމެނެއެވެ. ފިޝަރީޒް ދާއިރާއިން ފިޝަރީޒް މެނޭޖްމަންޓާއި މެރިޓައިމް އެފެއާޒް އިން ދެ މާސްޓާސް ޖާގައާއި، އެކުއާކަލްޗަރާއި ފިޝަރީޒް ސައިންސާއި މެރިން ސައިންސް ފަދަ ދާއިރާތަކުން ތިން ބެޗެލާސް ޖާގަ ހިމެނެއެވެ. މެރިން ރިސަރޗާއި މެރިކަލްޗަރ ދާއިރާއިން ތިން މާސްޓާސް ޖާގައާއި އެއް ބެޗެލާސް ޖާގަ ހުޅުވާލާފައިވާ އިރު، އެގްރިކަލްޗަރ ދާއިރާއިން އެއް މާސްޓާސް ޖާގައާއި ތިން ބެޗެލާސް ޖާގަ ހިމެނެއެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި
15 Oct 2026 ހަބަރު

އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުން، އިބްރާޙިމް ނަޒީމް ވަކިކޮށްފިއެވެ. ޕީސީބީން ބުނީ އެ މަގާމުމް ނަޒީމް ވަކިކޮށް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޑީސީޕީ )ރިޓަޔާޑް( އަޙުމަދު ސަޢުދީ ވަނީ އި އްޔެއިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި
15 Oct 2026 ހަބަރު

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް މައްސަލާގައި ހިމެނޭ ދިވެހި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި
14 Oct 2026 ހަބަރު

ކ. ގުރައިދޫގައި މާރާމާރީއެއް، އެކަކު ޒަހަމްކޮށްލައިފި

ޒަހަމްވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ބުނީ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.