ޢިމްރާން ތައުބާވާން ޖެހޭ ކަމަށް ޝައިޙް ސަޢުދާން ވިދާޅުވެއްޖެ
ދާޚިލީ ވަޒީރު ޢިމްރާން އަބްދުالله ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން އޭނާ ތައުބާ ވާން ޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ އަބްދުالله ސަޢުދާން ވިދާޅުވެއްޖެއެވެ.
ޝައިޙް ސަޢުދާން މިހެން ވިދާޅުވީ ޝައިޙް ކުރެއްވެވި ޓުވީޓެއްގައެވެ.
ޝައިޙް ސަޢުދާން ވިދާޅުވީ ރޭގެ ޖަލްސާގައި ޢިމްރާން ހެއްދެވީ ދޮގުކަމަށް ގިނަ ބަޔަކު އެބަ ހެކިވާކަމަށާއި، އަދި ހިތުގައި ވާ އެއްޗެހި އެނގޭ ކަމަށް ވިދާޅުވުމުން ޣައިބު އެނގޭކަމަށް ދައުވާ ކުރެވެނީ ކަމަށްވެސް ސަޢުދާން ވިދާޅުވިއެވެ.
"މިހާ ހިސާބަށް ކަންކަން ދިޔައީމަ މިމީހުން ދުނިޔެއާއި އެކު ދީންވެސް ވިއްކާލައިފިކަން އެނގިގެން މިދަނީ، މި ބުނުމަށް ޢިމްރާން ތައުބާ ވާން ޖެހޭ" ޝައިޙް ސަޢުދާން ވިދާޅުވިއެވެ.
ރޭގެ އެމްޑީޕީ ކޯލިޝަން ޖަލްސާގައި ދާޚިލީ ވަޒީރު ޢިމްރާން ވަނީ ވަރަށް ބޮޑަށް އިދިކޮޅު ކެންޑިޑޭޓް ޑރ މުޢިއްޒަށް ފާޑު ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޢިމްރާން އަށް ފާޑު ކިޔަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް