ސިނަމަން ރޯލްސް-- ފޮޓޯ: ގޫގުލް
ސިނަމަން ރޯލްސް-- ފޮޓޯ: ގޫގުލް
ލައިފްސްޓައިލް 02 Nov 2022 | 01:55

މިއަދުގެ ރެސިޕީ ސިނަމަން ރޯލްސް ކާހިތްވާ ކުދިންނަށް

މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ މަޑުމަޑުކޮށް މީރު މީރުކޮށް ސިނަމަން ރޯލްސް ހަދާލާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ސިނަމަން ރޯލްސް ތައްޔާރު ކުރަން ބޭނުންވާ ތަކެތި

1 ޖޯޑު ތާފަނާ ދިޔާ ފުލްކްރީމް ކިރު

¼ 2 ސައިސަމުސާ އިންސްޓަންޓް ޔީސްޓް

4 މޭޒުމަތީ ސަމުސާ ހަކުރު

3 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ދިޔާ ކޮށްފައިހުރި އަން-ސޯލްޓެޑް ބަޓަރު (ހޫނު ވެގެން ނުވާނެ)

1 ބިސް

½ ސައިސަމުސާ ލޮނު
އިތުރު ދެ މޭޒުމަތީ ސަމުސާ ބަޓަރ (ޓްރޭ އާއި ރޯލްސް މަތީގައި އުނގުޅަން)

ސިނަމަން ރޯލްސް ފިލިންގްސް ހަދަން ބޭނުންވާ ތަކެތި

6 މޭޒުމަތީ ސަމުސާ އަން-ސޯލްޓެޑް ބަޓަރ (ފިނި ކަނޑުވައި މަޑުކޮށްފައި)

1/4 ޖޯޑު ހަކުރު

1 1/2 މޭޒުމަތީ ސަމުސާ މުގުރާފައި ހުރި ފޮނިތޮށި

ކްރީމް ޗީޒް ފިލިންގްސް ހަދަން ބޭނުންވާ ތަކެތި

4 މޭޒުމަތީ ސަމުސާ އަން-ސޯލްޓެޑް ބަޓަރ ( ފިނި ކަނޑުވައި މަޑުކޮށްފައި)

1/2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 ޖޯޑު އައިސިން ޝުޖަރ

100 ގ ކްރީމް ޗީޒް (ފިނި ކަނޑުވައި މަޑު ކޮށްފައި)

ސިނަމަން ރޯލްސް ތައްޔާރުކުރާނެ ގޮތް

1- ބޮޑު ތަށްޓެއްގައި ކިރާއި އީސްޓް އެކުލަވައިލާށެވެ. އެއަށްފަހު އޭތި ރަނގަޅަށް ގިރަމުން އޭގެ ތެރެއަށް ބިހާއި، ހަކުރާއި، ބަޓަރ އަދި ލޮނު ކޮޅު އަޅާލާށެވެ.

2- ދެން އޭގެ ތެރެއަށް ފުށް އަޅަމުން ޕްލާސްޓިކް ނުވަތަ ލަކުޑި ސަމުސަލަކުން އެކުލަވާލާށެވެ. 3 ޖޯޑު ފުށް އެޅުމަށްފަހު ފުށް ގަނޑު އަތުގައި ނުވަތަ ތަށީގައި ތަތް ލާ ނަމަ އިތުރު އެއް ސަމުސާ ފުށް އަޅާލުމަށްފަހު އެކުލަވާލާށެވެ. ފުށްގަނޑު ތަތް ކޮށް އެކަމަކު އަތުގައި ތަތް ނުަލަވާވަރު ވަންދެން އެގޮތަށް ސަމުސަލަކުން ސަމުސަލަކުން އިތުރަށް ފުށް އަޅާލާށެވެ.

3- އެއަށްފަހު ގާތްގަނޑަކަށް 3 މިނެޓް ވަންދެން އަތުން ފުށްގަނޑު މޮޑެލާށެވެ. ދެން އޭގެ މަތި ރަނގަޅަށް ބަންދު ކޮށްލުމަށްފަހު 30 މިނެޓް ވަރު، ފުށް ގަނޑުގެ ސައިޒް ޑަބަލް ވަންދެން ބަހައްޓާލާށެވެ.

4- ދެން ސާފު ތަނެއް މަތީގައި ފުށްކޮޅެއް ބުރުއްސާލާށެވެ. ދެން އޭގެ މަތީގައި ފުށްގަނޑު ބާއްވާލާފައި ގޮން މުއްކަވާފައި ފުށްގަނޑަށް އޮބާށެވެ. އެއީ ވައިތައް ދުއްވާލާށެވެ. ދެން ފުށްގަނޑުގެ މައްޗަށް ކުޑަ ފުށްކޮޅެއް ބުރުއްސާލާފައި ރޮށިދަމާއެތި ބޭނުން ކޮށްގެން ފުށްގަނޑު ދިގަށް ދަމާށެވެ. ދަމާނީ ދިގުމިނުގައި 16 އިންޗި، ފުޅާމިނުގައި 14 އިންޗި ހުންނާނެ ވަރަށެވެ. އަރިމަތިތައް ވީހާވެސް ސީދާ ކުރެވޭތޯ ބަލައްޗެވެ.

5- އެއަށްފަހު 6 މޭޒުމަތީ ސަމުސާ ބަޓަރ ފުށްގަނޑު މަތީގައި ރީތިކޮށް އުނގުޅާލާށެވެ. އަރިމަތީގައި ވެސް އުނގުޅާލަން ވާނެއެވެ.

6- ދެން ވަކިތަށްޓެއްގައި ސިނަމަން ފިލިންގްސް ހަދަން ބެހެއްޓި ހަކުރާއި ފޮނިތޮށި އެކުލަވައިލުމަށްފަހު ފުށްގަނޑު މަތީގައި އުނގުޅާށެވެ. އުނގުޅާނީ ވީހާވެސް އެއްވަރަކަށެވެ. އަދި އަރިމައްޗާއި ހަމައަށް އުނގުޅަން ސަމާލުކަން ބަހައްޓަންވާނެއެވެ.

7- ދެން މަޑުމަޑުން ފުށްގަނޑު އޮލާލާށެވެ. އޮޅާނީ ކުރު ފަޅިންނެވެ. އެއިރުން ސިނަމަން ރޯލްގައި ގިނަ ފަށަލަ ހުންނާނެއެވެ. އޮޅާނީ މަޑު މަޑުން ފަރުވާތެރި ކަމާއިއެކު ބާރު ކޮށެވެ. އަރިމައްޗާއި ހަމައަށް ދެވުނީމައި ކުޑަކޮށް އޮބާލައިގެން ހުޅުވިފައި އޮތްތަން ލައްޕާލާށެވެ. އޮޅާ ނިމޭއިރު އެކިތަން އެކިވަރަށް އޮތްނަމަ އަރިމަތީގައި މަޑުމަޑުން އަތުން ޖަހާލައިގެން އެއްވަރު ކޮށްލެވޭނެއެވެ.

8-  ދެން އޮޅި ފުށްގަނޑު އެއްވަރުގެ 12 ބަޔަށް ތޫނު ވަޅިއަކުން ބައިކޮށްލާށެވެ. ބަހާލީމައި އެތިކޮޅެއްގެ ބޯމިނުގައި ހުންނާނީ ގާތްގަނޑަކަށް ދޮޅު އިންޗިއެވެ.

9- އެއަށްފަހު ޓްރޭއެއްގައި 1 މޭޒުމަތީ ސަމުސާ ބަޓަރ އުގުޅާލުމަށްފަހު  އޭގައި ކޮށި ސިނަމަން ރޯލްސްތައް އަތުރާށެވެ. އަތުރާއިރު ދެއެތިކޮޅުގެ ދޭތެރޭގައި އިންޗިއެއްހާތަން ދޫކުރަންވާނެއެވެ. ދެން ތަބަކުގެ މަތީގައި ސާފު ފޮތިގަނޑެއް އަޅާފައި 20 މިނިޓު ބަހައްޓާލާށެވެ. އެހާއިރުވާއިރު އަނެއްކާވެސް ތަބަކުގައި ހުރި ފުށްކޮޅުތައް ހުންނާނީ ދެގުނައަށް ފުފިފައެވެ.

10- އަވަން 170 ޑިގްރީސް ސެލްސިއަސްއަށް ހޫނުކުރަން ޖައްސާށެވެ. މިކަން ކުރާނީ ފިހަން އަވަނަށް ލުމުގެ 10 މިނިޓު ކުރިންނެވެ.

11- ދެގުނައަށް ފުށްކޮޅުތައް ފުފި ނިމުނީމައި އޭގެ މަތީގައި 1 މޭޒުމަތީ ސަމުސާ ދިޔާ ކޮށްފައި ހުރި ބަޓަރ އުނގުޅާލާށެވެ. ދެން ހޫނު ކުރަން ޖެއްސި އަވަނުގެ މެދު ރެކުގައި ތަބައް ބަހައްޓައިގެން 170 ޑިގްރީސް ސެލްސިއަސްގައި ފިހާށެވެ. ފިހާނީ މައްޗަށް ރަން ކުލަ އަރަން ދެނެވެ. އެކަމަށް ގާތްގަނޑަކަށް 30 މިނިޓު ނަގާނެއެވެ.

12-  ސިނަމަން ރޯލްތައް ފިހެވެމުން ދާއިރު ރޯލްސް މަތީގައި އުނގުޅާނެ ކްރީމް ޗީޒް ފިލިންގްސް ހަދަން ފަށާށެވެ. ފުރަތަމަ، ބޮޑު ބޯތަށްޓެއްގެ ތެރެއަށް ކްރީމް ޗީޒް އާއި، ބަޓަރ އިލެކްޓްރިކް ހޭންޑް މިކްސަރަކުން  އެކުލަވާލާށެވެ. ދެން އެއަށް ވެނީލާ އެސެންސާއި އައިސިން ޝުޖަރ އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން 4-3 މިނެޓް ވަންދެން ހައިސްޕީޑްގައި އެކުލަވައިލާށެވެ.

13- ސިނަމަން ރޯލްތައް ފިހެވުނީމައި އަވަނުން ޓްރޭ ނަގާފައި ގާތްގަނޑަކަށް 15  މިނިޓުވަރު ވަންދެން ހިހޫ ކުރަން ބަހައްޓާށެވެ. ދެން ރޯލްތަކުގެ މައްޗަށް  ކްރީމް ޗީޒް ފިލިންގްސް އޮއްސާލައި ފަތުރާލާށެވެ. އެއިރުން އެ ހުރީ މީރު މީރު ސިނަމަން ރޯލްސް ތައްޔާރު ކުރެވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...