ސާގު ފަނި
ސާގު ފަނި
ލައިފްސްޓައިލް 03 Apr 2023 | 04:44

ރޯދަ އަށް ހުންނައިރު މާ ވަރުބަލި ވާނަމަ ހާރުދަމަށް މީގެ ސާގު ފަނި ތަށްޓެއް ބޯލާ!

ސާގު ހަށިގަނޑުގައި ވަރު ޖައްސާލަދޭ ބުއިމެކެވެ. ޚާއްސަކޮށް ހާރު ދަމަށް ސާގު ފަނި ތަށްޓެއް ބޯލުމުން އެދުވަހަކު މާ ބޮޑަށް ވަރުބަލިވެ، އަބަދު އޮށޯވެ އޮންނަން ޖެހޭ މައްސަލަ ހައްލުވެގެންދާނެ އެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ސާގު

1 ދަޅު ގެރި ކިރު

5 އިންޗި ރާނބާފަތް

1 ސައި ސަމުސާ ވެނީލާ އެސެންސް

6 ޖޯޑު ފެން

ކާކުކަ ކޮޅެއް (ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް

1) ތަށްޓަކަށް ސާގު އެޅުމަށްފަހު ދެ ޖޯޑު ފެން އަޅައި، މަޑުމަޑުން އަތުން ހަލުވަމުން ސާގު ކޮޅު ދޮވެލާށެވެ. ދެން ފުރޭންޏަކަށް އަޅައި ސާގު ކޮޅު ފުރާނާލާފައި ފުރޭނީގައި ސާގު ކޮޅު ބަހައްޓާށެވެ.

2) ދެން ތެއްޔަކަށް ބާކީ ހުރި ފެނާއި ރާނބާފަތާއި އަޅާފައި ކައްކާށެވެ. ފެން އެތި ކެކެން ފެށުމުން ސާގު ކޮޅި މަޑު މަޑުން އަޅާލާށެވެ.

3) މެދު ގިނީގައި ބަހައްޓައިގެން ސާގުކޮޅު ކެކެންދެން ކައްކާށެވެ. ކެކުނީމައި ހުންނާނީ އެތެރެ ފެންނަ ގޮތަށެވެ. އަދި ކެކެމުން ދާއިރު ސާގުތައް އެއްވެ ތަތްވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލުވަންވާނެއެވެ.

4) ސާގު ކޮޅު ކެކުމުން ގެރި ކިރު ދަޅު އަޅާލާފައި އެކުލަވާލާށެވެ. ދެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކި ގަނެ އޮލަ ވަންދެން ކައްކާނީއެވެ. ކައްކާއިރު އިރު އިރު ކޮޅާ، ގިނަގިނައިން ހަލުވަންވާނެއެވެ.

5) ސާގު ފަނި އޮލަ ވުމުން ވެނީލާ އެސެންސް ފޮދާއި ކާކުލަ ކޮޅު އަޅާފައި އެކުލަވާލުމަށްފަހު އުނދުން ނިއްވާލާށެވެ. ސާގު ފަނި އެހުރީ ކެކިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...