ވޮލީބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ކިނޮޅަހުގައި ކުރިއަށް ގެންގޮސްފި
ވޮލީބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ރ. ކިނޮޅަހުގައި ކުރިއަށް ގެންގޮސްފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮޮފް މޯލްޑިވްސްއިން ބުނީ، މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ކޯސް ނިންމައި 19 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ވަނީ، މި ކޯހުގައި ކިޔަވައިދެއްވި އަހުމަދު ސަލީމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް