N/A
N/A
ހަބަރު 03 Jul 2021 | 22:14

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 150 މީހުން!

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 150 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 150 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 11 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 95 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 07 މީހުން ހިމެނެއެވެ. އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން 20 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 74،224 އަށް އަރާފައިވާއިރު، މި ބައްޔަށް 20 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 70،723 އަށް އަރާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފައިނޭންސް ފޯރަމާއެކު ނޫ އިޤްތިޞާދަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ: ޔަޒްމީދު
14 Nov 2026 ހަބަރު

ފައިނޭންސް ފޯރަމާއެކު ނޫ އިޤްތިޞާދަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ: ޔަޒްމީދު

ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ހަމަޖެހުމާ ދެމެދު އޮތްގުޅުން ވަރަށް ބޮޑުކަމަށެވެ

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި
14 Nov 2026 ހަބަރު

ކޮޕް 31 ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރާއްޖެ ވަޑައިގެންފި

ކޮންފަރެންސްގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު
14 Nov 2026 ހަބަރު

ވިލުންތެރިކަން އިތުރުކުރުމަށް އެކި ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވޭ: ޒަރީރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލް ގުޅިފައިވަނީ ދިވެހިންގެ ތިމާވެށީގެ މުސްތަޤްބަލާ ކަމަށެވެ. އަދި ރާއްޖެއަށް ބަލާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ޤައުމުގެ އިޤްތިޞާދީ ރައްކާތެރިކަމާއި، ތަރައްޤީގެ އުންމީދުތަކާއި އަދި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށް

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން
13 Nov 2026 ހަބަރު

ދެން އަންނަ ސަރުކާރަކުން ރަސްމާލޭގެ ބިން އީގަލް ހިލްސް އަތުން އަތުލާނެ: ޔާމީން

އެ ބިމުގައި ގާނޫނާއި ހިލާފަށް އިންވެސްޓްމަންޓް ފަށައިފިނަމަ އެތަން އަތުލާނީ ބަދަލު ދިނުމެއް ވެސް ނެތި ކަމަށެވެ.

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް
13 Nov 2026 ހަބަރު

ކަޒަކިސްތާނުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުގެ ކޮންޓްރޯލްގައި ދިވެހި ޕައިލެޓެއް

ކަޒަކިސްތާނުގެ ގައުމީ އެއާލައިން، އެއާ އަސްތާނާއިން އެ ގައުމުގެ އަލްމަޓީން ރާއްޖެއަށް ކުރި ދަތުރުގެ ކޮކްޕިޓުގައި އިސްކޮށް އިނދެ ދިވެހި ޕައިލެޓަކު ބޯޓު ދުއްވައިފިއެވެ.

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި
13 Nov 2026 ހަބަރު

ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ފުލުހުން އަންގައިފި

ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނީ އިމުގެ ތެރޭގައި އެއްވުންތައް ބޭއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.