ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ!
މިނިވަން ދުވަހުގެ މުނާޞަބަތުގައި ހުޅުމާލޭގައި ހުޅުވުނު، މިނިވަން އުފާ ކާނިވާ ސަރަހައްދުގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ހުޅުމާލޭގައި ކުރިއަށްދާ މިނިވަން އުފާ ކާނިވާ ނިންމުން މިރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ އިރު، އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ 9:00 ގައި ހަވާ އަރުވާނެ ކަމަށް އާބަންކޯއިން މައުލޫމާތު ދެއެވެ.
މިނިވަންއުފާ ކާނިވަލަކީ ހޯމް މިނިސްޓްރީ އާއި އަރބަންކޯ ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ. އެ ކާނިވާ ހުޅުވާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ.
މިނިވަން އުފާ ކާނިވާ ނިންމުމުގެ ގޮތުން ހަވާ އަރުވާއިރު، އެ ކާނިވާ ހުޅުވާފައި ވަނީވެސް ޚާއްސަ ރަސްމިއްޔާތަކާއިއެކު ހަވާ އެރުވުމުގެ އިވެންޓަކާއިވެސް އެކުގައެވެ.
މިނިވަން އުފާ ކާނިވަލުގައި، ކުޑަ ކުދިންނާއި ބޮޑެތިމީހުންނާއި ގުޅޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވާއިރު، އެތަނަށް ޒިޔާރަތް ކޮށްގެން އަގުހުރި އިނާމް ލިބުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް