ރައީސް އިބްރަހިމް މުޙައްމަދު ޞާލިޙް. ފޮޓޯ:އެމްޑީޕީ
ރައީސް އިބްރަހިމް މުޙައްމަދު ޞާލިޙް. ފޮޓޯ:އެމްޑީޕީ
ހަބަރު 03 Sep 2023 | 09:42

އިތުރު ދައުރެއް ނުދެއްވައިފި ނަމަ، ރާއްޖެ ވެއްޓޭނީ އަނދަވަޅަކަށް: ރައީސް ޞާލިހު

ރާއްޖޭގެ ރަށްރަށުގައި އަދި އެޅުނީ ތަރައްޤީގެ ބިންގާ ކަމަށާއި ފަށައިފައިހުރި މަސައްކަތްތައް ނިންމަން އިތުރުދައުރެއް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ހދ ނޮޅިވަރަންފަރަށް ކުރެއްވެވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ  އެމްޑީޕީ އާއި ގުޅިފައިއޮތް ކޯލިޝަނުން މިއޮތީ ރައްޔިތުންނަށް ޚިދްމަތްކުރުމަށް ޓަކައި ކަމަށާއި ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި އެކޯލިޝަންގެ އެހެން އެއްވެސް ބޭނުމެއް ނެތްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިފަށާފައިހުރި މަސައްކަތްތައް ނިންމުމަށްޓަކައި އަދި ރައްޔިތުން ބޭނުންވާ އިތުރު މަސައްކަތްތައް ކުރުމަށް ޓަކައި އިތުރު ދައުރެއް އެބަ ބޭނުންވޭ، އެހެން ނޫންނަމަ އަނެއްކާވެސް ރާއްޖެ ވެއްޓިގެންދާނީ އަޅުގަނޑު މިދަންނަވާ އަނދަވަޅަށް"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމުނެތް އެތައްރަށަކަށް އެޚިދްމަތް ދެވިއްޖެ ކަމަށާއި ބަނދަރުނެތް ކިތަންމެ ރަށަކަށް އެދަތި ފިލުވައި ދެވިއްޖެ ކަމަށެވެ. އާރްޓީއެލްގެ ޚިދްމަތުން ރަށްތައް ގުޅައި ލެވިއްޖެ ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަދިކިރިޔާ މިއެޅުނީ ރަށްރަށުގައި ތަރައްޤީގެ ބިންގާ، އަދި ކިރިޔާ ރައްޔިތުން ދިރިއުޅޭފަދަ ތަންތަނަކަށް ރަށްރަށް ބަދަލުކުރެވިގެން މިދަނީ"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ އާސްކޫލްގެ ބިންގާ އަޅުއްވައި ދެއްވާނެ ކަމަށާއި، މަލްޓި ޕާޕަސް ހޯލެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

މީގެއިތުރުން ނޮޅިވަރަންފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދީ ތާރު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށު ސިއްޚީ މަރުކަޒުގެ ވަޞީލަތްތައް އިތުރުކޮށް އެމަރުކަޒުންދޭ ޚިދްމަތްތައް ފުޅާކޮށް ރަނގަޅު ކުރާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޒުވާނުންނަށް ޚާއްސަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ބޮޑު ޓާފް ދަނޑެއް އަޅުއްވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގެ ނެރަށް ދިމާވެފައިވާ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވައި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ އެރަށަށް އެހެމް ރަށްރަށުން ބަދަލުވި މީހުންނަށް އަޅައިފައިވާ ގެތަކުގެ ކުލި ކުޑަކުރުމަށް ވިސްނަވަމުން ދާކަމަށާއި ރައްޔިތުން އެދެފަދަ ލުއި ބަދަލެއް އެއަށް ގެނެސްދެއްވާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.