ސިޓީ ކައުންސިލުން ވިޔަފާރިވެރިންގެ މިސްކިތު ސިޑީގަައި ހޭންޑް ރެއިންލިންގ ހަރުކޮށްފި
މާލެ ސިޓީ ކައުންސިލުން މާލޭގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތުގެ ސިޑީގަައި ހޭންޑް ރެއިންލިންގ ހަރުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 'ވިޔަފާރިވެރިންގެ މިސްކިތު' ގެ ސިޑީގަައި ހިފަހައްޓާނެ ތަނެއް ނެތުމުގެ ސަބަބުން އެ މިސްކިތުގެ ސިޑިއަށް އަރާ ފޭބުމުގައި މިސްކިތް ބޭނުންކުރާ ފަރާތްތަކަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ޚާއްސަކޮށް ވާރޭވެހި ތެމިފައި އޮންނަ އިރު، އުމުރުން ދުވަސްވީ މީހުން އެ ސިޑި ބޭނުން ކުރުމަކީ ރައްކާތެރިކަން ކުޑަކަމެއް ކަންވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ވުމާއެކު، އެ މިސްކިތް ބޭނުންކުރާ ގިނަބަޔެއްގެ އެދުމުގެ މަތީން މިސްކިތުގެ ސިޑީގެ ދެ ކައިރީގައި ހޭންޑް ރެއިންލިންގ ހަރުކުރެވިފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް