ކޫއްޑޫގެ ޢިމާރާތެއްގެ މަތިން ވެއްޓުނު މީހާ ނިޔާވެއްޖެ
މިފްކޯއިން ގއ. ކޫއްޑޫގައި ހިންގަމުން އަންނަ މަސް ފެކްޓްރީގައި މަސައްކަތް ކުރަން އުޅެނިކޮށް ވެއްޓުނު މީހާއަށް ފަރުވާ ކުރަމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު، އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އެ އިމާރާތުން ވެއްޓިފައިވަނީ އިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އަދި ތިން ވެއްޓުމުގެ ސަބަބުން ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
އެ އަނިޔާ ތަކަށް ގއ އަތޮޅު ހޮސްޕިޓަލުގެ ފަރުވާދެމުން ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައި ވަނީ އިއްޔެ 18:00 ހާއިރު އެވެ.
ނިޔާވިއިރު އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް