ގއ. ފެނަހުއްޓާ ފަރަށް ދޯންޏެއް އަރައި ބޮޑެތި ގެއްލުންތަކެއް؛ ދަތުރުކުރި މީހުން ސަލާމަތްކޮށްފި
ގއ. ފެނަހުއްޓާ ފަރަށް "ދެރަހާ" ނަމަކަށް ކިޔާ ދޯންޏެއް އަރައި، ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ”ވޮއިސް“އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ގއ. ފެނަހުއްޓާ ފަރަށް "ދެރަހާ" ދޯނި އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 00:47 އެހައިކަންހާއިރު ކަމަށެވެ.
އަދި ހާދިސާ ހިނގައި ދޯނީގެ ފަހަތްކޮޅު އަޑިއަށްދާ ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން ގއ. އަތޮޅު ޕޮލިސް ލޯންޗާއި އެމްއެންޑީއެފްގެ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މިގޮތުން، މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު ވަަނީ 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައި ކަމަށާ. އަދި، ޑިންގީއެއްގައި ގއ. ފެނަހުއްޓާ އަރައިތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރކްރާފްޓަށް ނަގާފައިވާ ކަމަށް ބުނެފައިވެއެވެ.'
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައި ކަމަށެވެ.
'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ބޯޓު ފުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް