ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު: ފޮޓޯ/ މަޖިލިސް
ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު: ފޮޓޯ/ މަޖިލިސް
ހަބަރު 07 Jul 2026 | 08:23

ޕޭ ފްރޭމްވޯކް ހަދާފައި އޮތް ގޮތުން މާސްޓާސް ޓީޗަރުންނަށްވުރެ ޑިގްރީ ޓީޗަރުންގެ މުސާރަބޮޑުވޭ: ޑރ. ޝަފީޢު

އެމްޑީޕީގެ ވެރިކަމުގައި، ޓީޗަރުންގެ ޕޭ ފްރޭމްވޯކަށް ބަދަލުގެނެސް އެކުލަވާލާފައި އޮތް ގޮތުން، ޑިގްރީ ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރައަށްވުރެ މާސްޓާސް ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރަ ކުޑަވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މުދައްރިސުންނަކީ ޤައުމު ބިނާކުރާ މޭސްތިރިން ކަމަށެވެ. އެހެންކަމުން،  މުސާރައާއި އިނާޔަތްތަކާއި ޙައްގުތައްވެސް އެންމެ ފުރިހަމައަށް ލިބެންޖެހޭ ބަޔަކީ މުދައްރިސުން ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ.

މިއާއެކު ވަޒީރު ވިދާޅުވީ ޕޭ ފްރޭމްވޯކް އެކުލަވާލެވިފައިވާ ގޮތާމެދު ވަރަށް ގިނަ މުދައްރިސުންނާއި ވާހަކަދެކެވި މަޝްވަރާކުރައްވާފައިވާ ކަމަށާ، އެކަމާގުޅޭ ގިނަ ކަންބޮޑުވުންތަކެއް މުދައްރިސުންގެ ހުރި ކަމަށެވެ.

އަދި ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރާނީ މުދައްރިސުންނާއި ޕްރިންސިޕަލުންނާއިވެސް ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

”އެންމެ ފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވާލެވުނުއިރު މި ދިމާވި މައްސަލައްކީ ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނީމާ، މިސާލަކަށް މާސްޓާސްއަށް 4 އަހަރު ދުވަހުގެ ގެޕެއް/ ޕީރިއެޑެއް ދިނީވެސް އެމްޑީޕީ ސަރުކާރުން ފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވައިލިއިރުގައި. މިއީ ދުވަހަކުވެސް ރާއްޖޭގައި ވެފައި އޮތް ކަމެއް ނޫން. ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެބަ އާދޭ ސްޓެޕް ޕްރޮމޯޝަންތަކެއް. އަޅުގަނޑުމެން މިހާރުވާނީ އެ ސްޓެޕް ޕްރޮމޯޝަންތައް ދީފައި.“

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު: ފޮޓޯ/ މަޖިލިސް

ވަޒީރު އިތުރަށް ވިދާޅުވީ، ޕޭ ފްރޭމްވޯކް އެކުލަވާލެވިފައިވާ ގޮތުން ޑިގްރީ ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރަ މާސްޓާސް ކިޔަވައިގެން ހުންނަ ޓީޗަރަށްވުރެ ބޮޑުވާ ކަމަށެވެ.

މިހާރު ނުކުންނަ ނަތީޖާއަކީ މާސްޓާސް ހަދާފައި ހުންނަ މުދައްރިސެއް، އެބޭފުޅާގެ އަތުގައި އޮތް ޑިގްރީއާއެކު ސްޓެޕް ޕްރޮމޯޝަން ލިބުނީމާ، އެ ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުންނަ މުދައްރިސު، މާސްޓާ ޑިގްރީގެ ގޮޅިއަށް ދިޔައިމާ މުސާރަ ދަށްވާގޮތް ވަނީ. އެކަން ހައްލުކޮށްގެން މެނުވީ، މާސްޓާ ޑިގްރީގެ އެ ގޮޅީގެ ތެރެއަށް މުދައްރިސުން ޓްރާންސްފާ ކުރެވޭކަށްނެތް. ޓްރާންސްފާ ކޮށްފި ކަމަށް ވަނީނަމަ، މުދައްރިސުންނަށް ޑިގްރީއެއް އޮވެގެން ލިބޭ މުސާރައަށްވުރެ މާސްޓާސްގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާގޮތަށް ޕޭ ފްރޭމްވޯކް މި އޮތީ

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

ވަޒީރު ވިދާޅުވީ އެފަދައިން ކަން ދިމާވެފައި އޮތީ ޕޭ ފްރޭމްވޯކް ހެދިއިރު ވިސްނާނުލައި ކަން ކުރުމުން ކަމަށެވެ. އަދި ހައްލު ކުރަންޖެހޭ މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.