ވެމްކޯއިން އޭދަފުށީ 1200 ޓަނު ކުނިގޮނޑު ނަގާ ސާފުކޮށްފައި
ވެމްކޯއިން އޭދަފުށީ 1200 ޓަނު ކުނިގޮނޑު ނަގާ ސާފުކޮށްފައިއެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، އޭދަފުށީ ކައުންސިލްގެ އެދުމުގެ މަތިން، އޭދަފުށިން 1200 ޓަނު ކުނި ނަގާފައިވާ ކަމަށެވެ.
ވެމްކޯގެ ފަރާތުން މީގެ ކުރިންވެސް ވަނީ ގިނަ ރަށްތަކެއްގެ ކުނިގޮނޑު ސާފުކޮށްފައެވެ.
އެގޮތުން، އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން، 2021 ވަނަ އަހަރު ސަރުކާރުން ވެމްކޯއާ ހަވާލު ކޮށްގެންވެސް ކުނިގޮނޑު ނެގުމުގެ މަސައްކަތް ކުރިއެވެ.
އަދި އޭގެ ފަހުން، އެކި ރަށްރަށުގެ ކައުންސިލްތަކުހގެ އެދުމުގެމަތިންވެސް ވެމްކޯއިން ވަނީ ރަށްރަށުގެ ކުނިގޮނޑުތައް ނަގައި، ސާފުކޮށްދީފައެވެ.
ދެހާސް އެކާވީސް ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ކުނީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް