އައްސޭރި ޖަލުގައި މިސްކިތެއް ހަދަން މަޝްވަރާކޮށްފި
ކ.ހިންމަފުށީ އައްސޭރި ޖަލުގައި މިސްކިތެއް އިމާރާތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.
މި ބައްދަލުވުމުގައި އަހުމަދު ވަނީ އައްސޭރި ޖަލުގެ ގައިދީންނަށް މިހާރު ނަމާދު އަޅުކަން އަދާކުރުމުގައި ހުރި ދަތިތައް ފާހަގަކުރައްވައިފައެވެ. އަދި އެތަނަށް މިސްކިތެއްގެ މުހިއްމުކަން ބޮޑު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ގައިދީން އަނބުރާ މުޖުތަމައަށް ނުކުންނަ އިރު، ހަރުދަނާ މުހިއްމު ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް ވެސް އައްސޭރި ޖަލުގައި މިސްކިތެއް ހުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް