ފުލަމް ކޮޅަށް ލަނޑުޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭޒް އުފާފާޅުކުރަނީ
ފުލަމް ކޮޅަށް ލަނޑުޖެހުމަށް ފަހު ބްރޫނޯ ފެނާންޑޭޒް އުފާފާޅުކުރަނީ
ކުޅިވަރު 04 Nov 2023 | 14:42

ރަށުން ބޭރުގައި ފުލަމް އަތުން މެންޗެސްޓާ ޔުނައިޓެޑަށް އުނދަގޫ މޮޅެއް

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް އިން ލީގު ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މެޗު ފެށިގެން 8 ވަނަ މިނެޓުގައި ޔުނައިޓުން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ޔުނައިޓެޑްގެ ކީއްޕަރު އޮނާނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މިމެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ފަކުންޑޯ ޕެލެސްޓްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 11 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 18 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި ފްލަމް ލީގުގައި ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 14 ވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި
03 Oct 2026 ކުޅިވަރު

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފުކޮށްފި

ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ މައްސަލައިގައި ލީގު ކޮމިޝަނުން ނެރުނު ރައުޔާ މެދު ހިތްހަމަނުޖެހި، މެންޗެސްޓާ ސިޓީ ފުޓުބޯޅަ ކްލަބުން އެ ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކޮށްފިއެވެ. މިކަމާ ގުޅޭގޮތުން މެންޗެސ...

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ
01 Oct 2026 ކުޅިވަރު

މެންޗެސްޓަރ ސިޓީ މައްސަލާގައި އިއްތިހާދު އެއާވޭސް އިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެ

މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގުގެ މާލީ މުއާމަލާތުގެ ގަވާއިދާ ހިލާފްވި މައްސަލާގައި އެންމެފަހުން އެ ކްލަބުގެ މައި ސްޕޮންސަރު  އިއްތިހާދު އެއާވޭސްއިން ޕްރިމިއާ ލީގާ ދެކޮޅަށް ނިކުމެއްޖެއެވެ. މިކަމާ ގުޅި...

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
21 Sep 2026 ކުޅިވަރު

ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓަރ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނާގައި އެޓީމް ހަމަޖެހިލައިފިއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި...

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
20 Sep 2026 ކުޅިވަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާލީގްގައި ރޭ ބްރައިޓަން އާއި އާސެނަލް ބައްދަލުކުރިމެޗް ބްރައިޓަން ކާމިޔާބުކޮށް ތާވަލްގެ ތިންވަނައަށް އެޓީމް ޖެހިލައިފިއެވެ. މިމެޗް ބްރައިޓަން ކާމިޔާބުކުރުމާއެކު މި ސީޒަނުގައި އާސެނަލް...