4 ދަޢުރަށް ފަހު އަސްލަމަށް ގޮނޑި ގެއްލިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާއަށް ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން (ސިނާ) އެވެ.
މި ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.
އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުންނެވެ. އަސްލަމަކީ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް މެންބަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް