ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
ޅ އަތޮޅު ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ގެއްލިގެން އެ ރަށުން ހޯދަމުންދަނީ 17 އަހަރުގެ ޅ. ނައިފަރު، ނޫކަނޑު މުހައްމަދު އަހްޔާން ހުސައިން އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އަހްޔާން ގެއްލިގެން ނައިފަރު ޕޮލިހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ގަޑީން 5:30 ހާއިރުއެވެ.
އެގޮތުން، އޭގެ ފަހުން ހަބަރެއް ނުވެގެން ފޯނަށް ގުޅުމުން ޖަވާބު ނުދޭތީ އާއިލާއިން އޭނާ ހޯދުމަށް ކުރި މަސައްކަތުން ފެނިފައިނުވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަހްޔާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް