N/A
N/A
ހަބަރު 05 Jan 2021 | 08:29

ކޮވިޑްގެ ނުރައްކާ ބޮޑުވެ އިނގިރޭސިވިލާތް އަނެއްކާވެސް ލޮކްޑައުންގައި!

އިނގިރޭސިވިލާތުގައި ކޮވިޑް-19 ބަލި ފެތުރެމުންދާ މިންވަރު އަނެއްކާވެސް އިތުރުވެ، މުޅި އެގައުމުގައި ލޮކްޑައުނެއް ހިންގުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ބުދަ ދުވަހުން ފެށިގެން އެގައުމުގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. މިހާރުވެސް އެގައުމުގެ ލަންޑަންފަދަ ބައެއް ސަރަހައްދުތަކުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

މި ލޮކްޑައުން އިއުލާންކުރައްވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އިއްޔެއާ ހަމައަށް 27،000އަށްވުރެ ގިނަމީހުން ކޮވިޑް-19 ބަލީގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލްމަހުގައި އެގައުމުގައި ފެތުރުނު ކޮވިޑްގެ ފުރަތަމަ ވޭވްގެ ޕީކްއާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.

އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ވޭރިއެންޓެއް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. މި ވޭރިއަންޓަކީ 70 އިންސައްތައާ ހަމައަށް ބަލިޖެހުމުގެ ފުރުސަތު އިތުރު ވޭރިއެންޓެއްކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުން މީގެކުރިންވެސް ވަނީ ތިން މަސް ދުވަހަށް މިފަދަ ލޮކްޑައުނަކަށް ގޮސްފައެވެ. އެއީ މިދިޔަ އަހަރުގެ މާޗްމަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހާއި ހަމައަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
19 Oct 2026 ހަބަރު

11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓްތަކެކެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
19 Oct 2026 ހަބަރު

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި

މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
19 Oct 2026 ހަބަރު

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު މަޝްވަރާކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން، ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. ހަރަކާތުގެ މައި ތަގްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ.

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
19 Oct 2026 ހަބަރު

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން
19 Oct 2026 ހަބަރު

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން

މައުރޫފް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ލިބެމުން އަންނަ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ހިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަކާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު
19 Oct 2026 ހަބަރު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.