މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
މާލޭގެ މަގުތަކަކީ ހުރިހާ ފަރާތަކަށް އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމާއި ގުޅޭގޮތުން، މާލެ ސަރަހައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.
ބައްދަލުވުމުގައި ވާހަކަ ދެކެވުނު މައިގަނޑު ނުކުތާއަކީ މާލޭގެ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތަކަށް އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމެވެ. އެގޮތުން، ސުކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މާލޭގެ އެއްގަމު ދަތުރުފަތުރުގައި ލޮރީ ޑްރައިވަރުން ކުރިމަތިލާ ދަތިތަކާ ބެހޭގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސައީދު މީގެ އިތުރަށް ވިދާޅުވީ، މި ބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ހުރިހާ ފަރާތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމުގެ މަގްސަދުގައި، ބަނދަރުތަކުން މުދާ އުފުލާ ޑްރައިވަރުން ހިމެނޭ ގޮތަށެވެ.

މާލޭގެ މަގުތަކަކީ ހުރިހާ ފަރާތަކަށް އަމާން ތަނަކަށް ހެދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ވަނީ މިމަހުގެ 15 ވަަނަ ދުވަހުވެސް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެ މިނިސްޓްރީން ވަނީ، ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅާފައެވެ.
އެހެންކަމުން، އިކޮނޮމިކް މިނިސްޓްރީން ވަނީ، ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގަ އާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން މަނާކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް