އިންޑިއާ ހައި ކޮމިޝަނަރު؛ ފޮޓޯ / އެމްއެންޔޫ
އިންޑިއާ ހައި ކޮމިޝަނަރު؛ ފޮޓޯ / އެމްއެންޔޫ
ހަބަރު 19 Oct 2026 | 09:02

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސަލާމަތާއި ސްޓްރެޓެޖިކް ކަންކަމުގެ ދިރާސާގެ ސްކޫލުގެ ދަށުން، އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްހަ، ސްޓެބިލިޓީ އަދި ތަނަވަސްކަން ގާއިމުކުރުމާ ބެހޭ މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަނެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބާއްވައިފިއެވެ.

ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު މަޝްވަރާކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން، ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. ހަރަކާތުގެ މައި ތަގްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ.

ލީސާ ސިންގްގެ ތަގްރީރުގައި "ތްރީ ކޯނާޒް، ވަން އޯޝަން" ގެ ހިޔާލުގެ ދަށުން އޮސްޓްރޭލިއާއާއި އިންޑިއާއާއި ދިވެހިރާއްޖެ ގުޅުވާލާ ތިން ފަރާތުގެ ސްޓްރެޓެޖިކް މުހިންމުކަމަށް އަލިއަޅުވާލިއެވެ. ސަލާމަތަށް ހަމައެކަނި ހަނގުރާމަވެރި ނަޒަރަކުން ބެލުމަކީ ބޮޑު ކަނޑުތަކުގެ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މިހާރު ފުދޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ހަކަތައިގެ ދަތިތަކާއި، ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަމާއި ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަން ހިމެނޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ސަރަހައްދުގެ ސްޓެބިލިޓީ ދެމެހެއްޓުމުގައި ޕެސިފިކް އައިލެންޑްސް ފޯރަމް، ކުއަޑް، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ޕްލެޓްފޯމްތަކަށް ބޮޑު އަގުހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ހަރަކާތް ހުޅުވާލަމުން، އެ ޔުނިވަރސިޓީގެ ރިސާޗް އެންޑް އެންޓަޕްރައިޒްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުލް ރަހީމް ވަނީ، މިޒަމާނުގެ ޖިއޮޕޮލިޓިކަލް ހާލަތުތަކާ ކުރިމަތިލާއިރު ސަރަހައްދީ ގުޅިގެން މަސައްކަތްކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، ކުދި ގައުމުތަކުގެ ދައުރަށް ބޮޑު މުހިންމުކަމެއް ހުރި ކަމަށް ބުނެފައެވެ.

މައި ތަގްރީރަށްފަހު ބޭއްވި ޕެނަލް ޑިސްކަޝަން މޮޑަރޭޓްކުރީ އެ ސްކޫލުގެ ޑީން ޑރ. އަތޯﷲ ރަޝީދެވެ. ޕެނަލްގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމަނިއަން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕް އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ބައިވެރިވިއެވެ. ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ދިފާއީ ދާއިރާގެ އެއްބާރުލުމާ މެދު ވާހަކަ ދެއްކުނު އިރު، އިންޑިއާގެ މެއިންޓެނެންސް އެހީތެރިކަމާއެކު އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ދިން ގާޑިއަން ކްލާސްގެ އުޅަނދު ވެސް ފާހަގަކުރެވުނެވެ.

ޑިސްކަޝަނުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، ފޮރިން މިނިސްޓްރީ، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރީގެ މިނިސްޓްރީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)، ދިވެހި ފުލުހުންގެ ހިދުމަތާއި ކަސްޓަމްސްގެ މީހުން ވެސް ބައިވެރިވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
19 Oct 2026 ހަބަރު

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން
19 Oct 2026 ހަބަރު

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން

މައުރޫފް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ލިބެމުން އަންނަ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ހިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަކާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު
19 Oct 2026 ހަބަރު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު
19 Oct 2026 ހަބަރު

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖަށް އާސަންދައިން ކުރާ ޚަރަދަށްވުރެ، އާސަންދަ ނިޒާމުގެ ތެރެއިން އާންމު ރައްޔިތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ މާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު
19 Oct 2026 ހަބަރު

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.