ބ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފޮޓޯ / މަޖިލިސް
ބ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފޮޓޯ / މަޖިލިސް
ހަބަރު 19 Oct 2026 | 08:03

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން

އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާކަމުގަ ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށް ބ. ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ލިބެމުން އަންނަ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ހިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަކާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އޭނާ ދެކޭ ގޮތުގައި އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާކަމުގަ ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮންގެންވާނެ ކަމެއްނޫން ކަމަށެވެ.

އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްހެން އެއީކީ އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާކަމުގަ ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ. މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ، ހަގީގަތުގައި ރައްޔިތުން ތެދުވާން ޖެހޭނީ އެހެން ރައްޔިތަކަށް ލިބޭ މޮޅު ގޮތް އެ ރައްޔިތަކަށް ވެސް ހޯދުމަށްޓަކައި ކަމަށެވެ.

ހަގީގަތުގައި ރައްޔިތުން ތެދުވާން ޖެހޭނީ އެހެން ރައްޔިތަކަށް ލިބޭ މޮޅު ގޮތް އެ ރައްޔިތަކަށް ވެސް ހޯދުމަށްޓަކައި. މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ، މި މައްސަލަ އާއި ގުޅިގެން ބަހުސް ނުކުރުމަށް ނިންމަވާ މި މައްސަލައަކީ މަޖިލިސް މެންބަރުންނާ ސީދާ ގުޅުންހުރި މައްސަލައެއް ކަމުން، މި މައްސަލަ މިނިވަން މުއައްސަސާއަކުން ބަލައިދިނުމަށް އެދި ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަކީ އެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނުނުގެ ދަށުން މިހާރުގެ މަޖިލިސް މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އަނބިދަރިންނަށް ރާއްޖެއާއި ސާކް އަދި އާސިއާންގެ ގައުމުތައް ހިމެނޭހެން 19 ގައުމަކުން އުމުރުދުވަހަށް ލިބޭ ހާއްސަ އިންޝުއަރެންސް އުވާލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

އެ އީ-ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާއި ހަމައަށް މެންބަރުންގެ އިންޝުއަރެންސް ޕްރީމިއަމަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން 100 މިލިއަނެއްހާ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް ނުލިބޭ މިފަދަ ހާއްސަ އިނާޔަތްތަކެއް ރައްޔިތުންގެ ޓެކްސް ފައިސާއިން މެންބަރުންނަށް ދިނުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، މެންބަރުންނަކީ ވެސް އާންމުންނެކޭ އެއްފަދައިން އާސަންދަ އާއި އެންސްޕާގެ ނިޒާމުގެ ތެރެއިން ސިއްހީ ހިދުމަތް ހޯދާ ބަޔަކަށް ހެދުމަށް އެ އީ-ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.

މި ގޮވާލުމުގެ ސަބަބެއްގެ ގޮތުގައި އީ-ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެއީ ގައުމުގެ އަސާސީ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭނީ، އާންމު ރައްޔިތުން ތަހައްމަލުކުރާ ތަކުލީފުތައް މަޖިލިސް މެންބަރުންނަށް ވެސް ތަޖުރިބާ ކުރެވިގެން ކަމަށްވާތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
19 Oct 2026 ހަބަރު

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު މަޝްވަރާކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން، ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. ހަރަކާތުގެ މައި ތަގްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ.

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
19 Oct 2026 ހަބަރު

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު
19 Oct 2026 ހަބަރު

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު
19 Oct 2026 ހަބަރު

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖަށް އާސަންދައިން ކުރާ ޚަރަދަށްވުރެ، އާސަންދަ ނިޒާމުގެ ތެރެއިން އާންމު ރައްޔިތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ މާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު
19 Oct 2026 ހަބަރު

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.