ރައީސް ނަޝީދު؛ ފޮޓޯ / ވޮއިސް
ރައީސް ނަޝީދު؛ ފޮޓޯ / ވޮއިސް
ހަބަރު 19 Oct 2026 | 07:54

ސަރުކާރުން ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެއްޖެ: ރައީސް ނަޝީދު

ސަރުކާރުން އެމެރިކާ ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ނާކާމިޔާބުވެ، ޑޮލަރުގެ އަގު ދެންވެސް ދާނީ ހައްތަހާ މައްޗަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މިހާރު ބޭންކު އެކައުންޓުގައި ރުފިޔާ ހުރިނަމަވެސް، އެ ފައިސާ ޑޮލަރަށް ބަދަލުކުރެވެން ނެތެވެ.

މި ދަތިކަމުގެ ސަބަބުން އެންމެ ބޮޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވަނީ، ކުދިން ކިޔެވުމަށްޓަކައި ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ވިޔަފާރިވެރިންނަށް ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެ ފަރާތްތަކަށް ހާލަތު މިވަނީ އިންތިހާއަށް ދަތިވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރާއްޖެ "ޑިފޯލްޓް" ނުވެ މި މަހު ސަލާމަތްވީ ހަމައެކަނި އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިދަނޑިވަޅުގައި ކުރައްވަވާ ރަސްމީ ދަތުރުފުޅަށް ވެސް ނުސީދާ ގޮތުން ފާޑުކިޔުން އަމާޒުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
19 Oct 2026 ހަބަރު

އެމްއެންޔޫއިން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސުލްހައާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސަރަހައްދީ ސަލާމަތާއި ސްޓްރެޓެޖިކް ގުޅުންތަކާއި، ގަވާއިދުތަކަށް ބިނާކޮށްފައިވާ ނިޒާމާ މެދު މަޝްވަރާކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ހައިކޮމިޝަނަރުން، ސަރުކާރުގެ އިސް މުވައްޒަފުންނާއި އެކަޑަމިކުން އަދި ރިސާޗް ދަރިވަރުން ބައިވެރިވިއެވެ. ހަރަކާތުގެ މައި ތަގްރީރު ކުރީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގެވެ.

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

ދިރުވާލައިގެން 1.18 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވާ ދެ ބިދޭސީންނަކީ، ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އެ އިދާރައިން މައުލޫމާތު ދެއެވެ.

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ
19 Oct 2026 ހަބަރު

އަމީނީ މަގުގެ ތިން ވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓުގެ ދިގުމިނަކީ 1،924.77 މީޓަރެވެ. އެ ސަރަހައްދުގެ ކުރީގެ ތާރު ނެގުން ފެށީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް )އޭބީސީ( އަޅައި، އެމްސީ 30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވެއެވެ.

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް
19 Oct 2026 ހަބަރު

މަޖިލީސް މެންބަރުންގެ އިންޝުރެންސް ޕެކޭޖުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް ވާނީ ފައިދާ: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއިވެ، ރައްޔިތުންނަށާއި ދައުލަތަށް ވާނީ ފައިދާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން
19 Oct 2026 ހަބަރު

މެންބަރުންގެ ޚާއްސަ ހެލްތު އިންޝުއަރެންސް މައްސަލާގައި މަޢުރޫފް: އެހެން ރައްޔިތަކަށް ރަނގަޅު ގޮތެއް ވާނަމަ އެކަމާއި ދެކޮޅަށް ނުކުތުމަކީ އެއްވެސް ރައްޔިތަކު ކޮށްގެންވާނެ ކަމެއްނޫން

މައުރޫފް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ލިބެމުން އަންނަ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ހިދުމަތް ލިބޭ ބަޔަކަށް މެންބަރުން ބަދަލުކުރުމަށް ގޮވާލައި އާންމު ރައްޔިތަކު މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަކާއި ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު
19 Oct 2026 ހަބަރު

އާސަންދަ މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން އާއްމު މީހާއަށް ކުރާ ޚަރަދު، މަޖިލިސް މެންބަރުންނަށްވުރެ އިތުރު: ފަލާޙު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ޕެކޭޖަށް އާސަންދައިން ކުރާ ޚަރަދަށްވުރެ، އާސަންދަ ނިޒާމުގެ ތެރެއިން އާންމު ރައްޔިތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ މާ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު
19 Oct 2026 ހަބަރު

ވުޒާރާގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ: ޑރ. މުއްޠަލިބު

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތައް ނިންމުމަށް ޖުމުލަ 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި
19 Oct 2026 ހަބަރު

42 ބަނގުރާފުޅިއާއެކު މާފުށިން ޒުވާނަކު ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން، ނަބީހު ޢަބްދުއްރަޝީދު ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.