ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ސަރަހައްދުތަކަށެވެ. އެއަތޮޅު ތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 12:30 އިން 18:30 އަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިތުރަށް ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް