ސޫޖީ
ސޫޖީ
ލައިފްސްޓައިލް 05 Apr 2023 | 05:45

މިއޮތީ ވަރަށް މީރުކޮށް ސޫޖީ ތައްޔާރުކުރާނެ ގޮތް!

މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ސޫޖީ ތައްޔާރުކުރާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާނެ ތަކެތި

½ ޖޯޑު ސެމޮލީނާ (ސޫޖީ)

1 ޖޯޑު ކަނަމަދު (ދިގަށްވާގޮތަށް ކޮށާފައި)

½ ޖޯޑު ހިކި މޭބިސްކަދުރު

2 ސައިސަމުސާ ގިތެޔޮ

1 ދަޅު ގެރިކިރު

5 ކާފުރުތޮޅި

2 ރާނބާފަތް

1 އިންޗީގެ ފޮނިތޮށި ކޮޅެއް

5 ޖޯޑު ފެން

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

1) ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އެޅުމަށްފަހު އެ ހޫނުވެ ވިރުމުން ކާފޫރު ތޮޅިކޮޅު އަޅައި ފިޔާކޮޅު ރަތް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. ކާފޫރު ތޮޅިކޮޅު އަޅާނީ ކޮޅުން ހުޅުވާލާފައެވެ.

2) ދެން ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު ތެލިން ނަގައި އެއްޗަކަށް އަޅާފައި ހަމަ އެ ތެއްޔަށް ހިކި މޭބިސްކަދުރު ކޮޅު އަޅާލާފައި މޭބިސްކަދުރު ކޮޅުގެ ފުފެން ފަށަންދެން ކައްކާށެވެ.

3) އެއަށްފަހު ހިކި މޭބިސްކަދުރު ވެސް ނެގުމަށްފަހު އެ ތެއްޔަށް ½  މޭޒުމަތީ ސަމުސާ ގިތެޔޮ އެޅުމަށްފަހު ކަނަމަދުކޮޅުވެސް އަޅައި ކުލަ ބަދަލުވަންދެން ކައްކާށެވެ.

4) ދެން ކަނަމަދު ކޮޅުވެސް ނަގާފައި، އެ ތެއްޔަށް މޭޒުމަތީ ސަމުސަލެއްގެ ގިތެޔޮ އަޅާފައި އޭގެތެރެއަށް ރަވާކޮޅު އަޅައިގެން އެއަށް ރަންކުލަ އަރަންދެން ހަލުވަމުން ކައްކާށެވެ.

5) ރަވާ ކޮޅަށް ރަން މުށި ކުލަ އެރުމުން އޭގެ ތެރެއަށް ފެނާއި، ފޮނިތޮށްޓާއި ރާނބާފަތާއި، ކުރިން ތައްޔާރުކުރި ފިޔާކޮޅާއި، ކާފޫރު ތޮޅިކޮޅާއި ހިކި މޭބިސްކަދުރުކޮޅާއި ކަނަމަދުކޮޅުވެސް އަޅާލުމަށްފަހު ރަނގަޅަށް އެކުލަވައިލާށެވެ.

6) ދެން މެދު ގިނީގައި ބަހައްޓައިގެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކެއްކުމަށްފަހު އޭގެ ތެރެއަށް ގެރި ކިރާއި އެސެންސް ފޮދު އަޅާލާށެވެ.

7) ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްލާފައި އިތުރު ދެ މިނެޓެއްހާއިރު ތަންކޮޅެއް މަޑު ގިނީގައި ކައްކާލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...