N/A
N/A
ވިޔަފާރި 05 Apr 2023 | 05:59

ވިލާ ޓްރޭޑްއިން ކުންފުނި ތަކުގެ މެދުގައި ބާއްވާ ދީނީ ކުއިޒް، "ރޯދަ ޓްރިވިއާ" ފަށައިފި

ވިލާ ޓްރޭޑިންގ އިން ރާއްޖޭގެ ކުންފުނިތަކުގެ މެދުގައި ބާއްވާ އިސްލާމިކް ކުއިޒު މުބާރާތެއް ކަމަށްވާ "ރޯދަ ޓްރިވިއާ" ފަށައިފިއެވެ.

ވިލާ ޓްރޭޑިންގ އިން ބުނީ މި މުބާރާތަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، ކުންފުނިތަކުގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ފަތުރައި ދީނީ އިލްމު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.

އަދި ވިލާ ޓްރޭޑިންގެ ރަސްމީ މީސް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ފޭސްބުކްގައި ވެސް މި މުބާރާތުގެ ހުރިހާ އެޕިސޯޑުތަކެއް ދައްކާނެ ކަމަށް ވިލާ ޓްރޭޑިންގުން ބުނެއެވެ. އެގޮތުން މި މުބާރާތުގެ ފުރަތަމަ އެޕިސޯޑު ވަނީ މިހާރު ވިލާ މާޓުގެ މީސް މީޑިއާ ޕޭޖްތަކަށް ލާފައެވެ.

"ރޯދަ ޓްރިވިއާ" ގައި ބައިވެރިވި ބައެއް ކުންފުނިތަކުގެ ތެރޭގައި އެލައިޑް އިންޝުއަރެސް ކޮންޕެނީ، އަމާނާ ތަކާފުލް، އެސްޑީއެފްސީ، އެފްޑީސީ، ރާއްޖެ އޮންލައިން، އުރީދޫ މޯލްޑިވްސް، އެމްއެމްއޭ، ވިލާ ޓްރެވަލްސް، ވިލާ ކޮލްޖް އަދި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގ މި ކުއިޒުން ފެންނާނެ ކަމަށް ވިލާ ޓްރޭޑިންގ އިން ބުނެއެވެ.

ވިލާ ޓްރޭޑިންގ އިން އިތުރަށް ބުނީ، މި ކުއިޒް ކުރިއަށް ގެންދާނީ ރެޕިޑް ފަޔަރ ސްޓައިލްގައި ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް ދެވިފައިވާ 1 މިނެޓް 30 ސިކުންތުގެ ތެރޭގައި ވީހާވެސް ގިނަ ސުވާލުތަކަށް ޖަވާބު ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.

މި މުބާރާތުގެ އެއްވަނަ ލިބޭ ޓީމަކަށް 4 މީހުންގެ 1 ރޭގެ ރިސޯޓް ދަތުރާއި ދެވަނައަށް ދާ ޓީމަކަށް ސިމްފޯނީ މޯލްޑިވްސް އިން ސްޕޮންސަރ ކުރާ 4 މީހުންގެ ކެއުމާއި، ތިންވަނައަށް ދާ ޓިމަކަށް ވިލާ މާޓުން ގިޕްޓް ވައުޗަރު ލިބިގެންދާނެއެވެ.

ވިލާ ޓްރޭޑިންގް އިން ބުނީ، މި މުބާރާތަކީ ހުރިހާ ބައިވެރިންނަށްވެސް ފޯރިގަދަ އަދި ތައުލީމީ މުބާރާތަކަށް ވާނެކަމަށެވެ. އަދި މީގެ އިތުރުން މުވައްޒަފުންގެ އިލްމް ދައްކާލުމުގެ ފުރުސަތު ލިބި، ރަނގަޅު އިނާމުތަކާއި، އެކު ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ދަމަހައްޓާނެ މުބާރާތަކަށް ވާނެ ކަމަށްވެސް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާއަށް އެހީވުމަށް ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި
01 Dec 2025 ހަބަރު

ސްރީލަންކާއަށް އެހީވުމަށް ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

ސްރީލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާއިން އެއްލައްކަ ޑޮލަރު މިއަދު އެޤައުމަށް ހަދިޔާކޮށްފިއެވެ. ވިލާގެ ފަރާތުން ސްރީލަން...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.
19 Jun 2023 ވިޔަފާރި

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ...

އޮޓީމާ ޕާސްތާ ބޭނުން ކޮށްގެން ލޯ ކެލޮރީސް ކެއުމެއް ތައްޔާރު ކޮށްލާނެ ގޮތް
30 Apr 2023 ވިޔަފާރި

އޮޓީމާ ޕާސްތާ ބޭނުން ކޮށްގެން ލޯ ކެލޮރީސް ކެއުމެއް ތައްޔާރު ކޮށްލާނެ ގޮތް

އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އަކި ވައްތަރުގެ ޕާސްތާ ލިބެން ހުރެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮއްޓިމ...

ޓެކާސް މޯލްޑިވްސް ރިސޯޓު ކަޕްގެ އެފްއެމްސީޖީ ޕާޓުނަރަކަށް ވިލާ ޓްރޭޑިން!
19 Apr 2023 ވިޔަފާރި

ޓެކާސް މޯލްޑިވްސް ރިސޯޓު ކަޕްގެ އެފްއެމްސީޖީ ޕާޓުނަރަކަށް ވިލާ ޓްރޭޑިން!

ޓެކާސް މޯލްޑިވްސްގެ ޓެކާސް ރިސޯޓު ކަޕް 2023 ގެ އެފް.އެމް.ސީ.ޖީ ޕާޓުނަރަކަށް ވިލާ ޓްރޭޑިން ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ޓެކާސްގެ ފަރާތުން އ...