ވިލާ މާޓް އިން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ވިލާ މާޓް އިން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން
ވިޔަފާރި 19 Jun 2023 | 08:21

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅިގެން ވިލާ ޓްރޭޑިންގ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ މީގެ ކުރިންވެސް ވިލާ މާޓްއިން އެކުންފުނިން އެތެރެކޮށް ވިއްކަމުންދާ ބްރޭޑްތަކުގެ ރަހަ ދައްކާލުމަށްް ތަފާތު ހަރަކާތްތައް ބާއްވާފައިވާކަން ފާހަގަކޮށް މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މީގެ ކުރިން މާލޭގެ ޓީވީއެމް ކުރިމަތީ ހުންނަ ވިލާ މާޓުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދި ފަހުން ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ވިލާ މާޓްގައި ވަނީ އެކުންފުނީގެ ޓޯނީސް ބްރޭންޑް އަދި ތަމީމް ބާސްމަތީ ހަނޑުލުގެ ރަހަތައް ދައްކާލުމުގެ އިވެންޓެއްވެސް ބާއްވާފައެވެ.

މިއާއިއެކު މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓްގައި އޮޓިމާގެ ޕާސްތާގެ ރަހަ ދައްކާލުމުގެ އިވެންޓެެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"މި އިވެންޓުގައި އަޅުގަނޑުމެން އަމާޒުކޮށްފައިވަނީ 3 ވައްތަރެއްގެ ޕާސްތާ އާއި އެކަށީގެންވާ ތަފާތު 3 ސޯސް އެއްގައި މި ޕާސްތާގެ ރަހަ ދައްކާލުމަށް. ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ."

ވިލާ މާޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ހަރަކާތުގެ ސަބަބުން ވިލާ މާޓް އިން ދާދި ފަހުން ރާއްޖެއަށް ތައާރަފްކުރި އޮޓިމާ ބްރޭންޑްގެ މޮޅުކަމާއި ރަހައިގެ ގޮތުން މީރުކަން އެތައް ކަސްޓާމަރުންނަށް ކަށަވަރުވެގެން ގޮސްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއާއިއެކު މި ބްރޭންޑްގެ އެކި ސައިޒްގެ އެކި ވައްތަރުގެ ޕާސްތާ ވިލާ މާޓްގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށާއި ވިލާ ޓްރޭޑިންގްގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު ހެޔޮ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެން ދާނެ ގޮތް ހަމަޖައްސައި ދިނުން ކަމަށް ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ވިލާ މާޓް އިން ވިއްކާ ހުރިހާ އެއްޗެއް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ދޯނިފަހަރުތައް ޑެލިވަރީ ކޮށްދޭނެއެވެ.

ވިލާ ޓްރޭޑިންގްގ އިން ވަނީ މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ހުރި ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްރީލަންކާއަށް އެހީވުމަށް ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި
01 Dec 2025 ހަބަރު

ސްރީލަންކާއަށް އެހީވުމަށް ވިލާއިން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

ސްރީލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާއިން އެއްލައްކަ ޑޮލަރު މިއަދު އެޤައުމަށް ހަދިޔާކޮށްފިއެވެ. ވިލާގެ ފަރާތުން ސްރީލަން...

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!
05 Mar 2024 ވިޔަފާރި

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ. "ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 20...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!
25 Sep 2023 ވިޔަފާރި

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވ...

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!
15 Aug 2023 ވިޔަފާރި

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނ...

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!
26 Jun 2023 ވިޔަފާރި

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!

މޫވީ ނައިޓް ތަކުގައި ތަފާތު ލުއި ކާނާތައް ކެއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮންނަ އާދައެއް ކަމުގައިވާއިރު, އެކަމަށްޓަކައި ވިލާ މާޓުން ލިބެން ހުންނަ ޕްލެއިން ސޮލެއިލް ބްރޭންޑް ގެ އަޖުމަ...