ޕްލެއިން ސޮލެއިލްެ ގެ ލުއި ކާނާ -- ފޮޓޯ/ ވިލާ މާޓް
ޕްލެއިން ސޮލެއިލްެ ގެ ލުއި ކާނާ -- ފޮޓޯ/ ވިލާ މާޓް
ވިޔަފާރި 26 Jun 2023 | 17:18

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!

މޫވީ ނައިޓް ތަކުގައި ތަފާތު ލުއި ކާނާތައް ކެއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮންނަ އާދައެއް ކަމުގައިވާއިރު, އެކަމަށްޓަކައި ވިލާ މާޓުން ލިބެން ހުންނަ ޕްލެއިން ސޮލެއިލް ބްރޭންޑް ގެ އަޖުމަ ބަލާލުމަކީ ހިތާމަ ކުރަންޖެހޭނެ ކަމެއް ނޫންކަން ޔަގީނެވެ.

1999 ވަނަ އަހަރު ވުޖޫދު ކުރި ޕްލެއިން ސޮލެއިލް ބުރޭންޑަކީ ލުބުނާނުގެ ކާބޯތަކެތި އުފައްދާ ސިނާއަތުގައި މިވަގުތު އެންމެ މަގުބޫލު އެއް ބުރޭންޑެވެ.

ޕްލެއިން ސޮލެއިލް ކުންފުންޏަކީ ގުދުރަތީ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން، ގަނޑުކުރި ތަރުކާރީ އާއި އެޕެޓައިޒާސްއާ ދަޅުގައި ހުންނަ ކާނާ އާއި ތަފާތު ސޯސްތަކާއި ތަރުކާރީ ތެލާއި އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އެ ކުންފުނިން އުފައްދަ އެވެ.

ވިލާ މާޓުން ލިބެން ހުންނަ "ޕްލެއިން ސޮލެއިލް"ގެ ބައެއް އުފެއްދުންތައް. -- ފޮޓޯ: ވިލާ މާޓު

އެ ކުންފުންޏަކީ މިހާރުވެސް ދުނިޔޭގެ އަށް ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. ޕްލެއިން ސޮލެއިލް އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގަނޑުކުރި ކާނާ ވިއްކުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ.

ޕްލެއިން ސޮލެއިލް އަކީ ވިލާ މާޓުން ވިއްކާ އެކްސްކްލޫސިވް ބްރޭންޑް ތަކުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ. އެ ބްރޭންޑަކީ ހުރިހާ އުމުރުފުރައަކަށްވެސް، ތަފާތު އަދި ސިއްހަތަށް ފައިދާ ހުރި ކަމުދާ އުފެއްދުންތަކެއް އުފައްދާ، ބުރޭންޑެކެވެ.

ޕްލެއިން ސޮލެއިލްގެ ގަނޑުކުރި ތަރުކާރީއާއި މޭވާއަކީ ތަފާތު ކުޅިވަރު ކުޅޭ ފަރާތްތަކަށް ފަސޭހައިން ސްމޫތީ ފަދަ ބުއިންތައް ވެސް ތައްޔާރު ކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

މީގެ އިތުރުން، ޕްލެއިން ސޮލެއިލް ބްރޭންޑުގެ ފްރޯޒެން ލުއިކާނާގެ ބާވަތްތަކަކީވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތްތަކެކެވެ. މީގެތެރޭގައި ފްރޯޒެން ފްރައިސް، ސްޕްރިންގ ރޯލްސް، ޕޮޓޭޓޯ ވެޖެސް، ޗީޒް ޕަފްސް، ޕޭސްޓްރީ ޕަފްސް އަދި އަނިއަން ރިންގްސް ފަދަ މީރު އެކި ބާވަތްތަކަކީ "މޫވީ ނައިޓް" ތަކުގައި ކާލަންވެސް ވަރަށް ކަމުދާނެ ބާވަތްތަކެކެވެ.

އެހެންކަމުން، ޢާއިލާ އާއި، ރަހުމަތްތެރިންނާއި އެކުވެސް، ހޭދަ ކޮށްލެވޭ އެފަދަ އުފާވެރި ވަގުތު ތަކުގައި، ވިލާ މާޓުން ޕްލެއިން ސޮލެއިލްގެ މީރު ސްނެކް އެއް ގަނެލައިގެން، އެންމެން އެކީގައި ކާލުމަކީ، އުފާވެރިކަން ދެގުނަ ވެގެންދާނެ ކަމެއް ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

ވިލާ މާޓުން ލިބެން ހުންނަ "ޕްލެއިން ސޮލެއިލް"ގެ ބައެއް އުފެއްދުންތައް. -- ފޮޓޯ: ވިލާ މާޓު

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްޓަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ފޯރުކޮށްދެމުން ނެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ. ވިލާމާޓުގެ ޚިދުމަތްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެއްވުމަށް ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ، 7667711 އާއި ގުޅައި މައުލޫމާތު ހޯދާލެވޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!
05 Mar 2024 ވިޔަފާރި

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ. "ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 20...

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!
25 Sep 2023 ވިޔަފާރި

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވ...

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!
15 Aug 2023 ވިޔަފާރި

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނ...

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.
19 Jun 2023 ވިޔަފާރި

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ...

ރޯދަޔަށް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ވިލާ މާޓު
22 Mar 2023 ވިޔަފާރި

ރޯދަޔަށް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ވިލާ މާޓު

ރޯދަމަހަށް ބޭނުންވާ ތާޒާ މޭވާޔާއި ތަރުކާރީ ވިލާ މާޓުގެ ހުރިހާ ރީޓެއިލްސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ވިލާ މާޓުން ބުނެފިއެވެ. އެގޮތުން މިވަގުތު ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕ...