ވިލާ މާޓުން ވިޔަފާރި ކުރުމުން 500 ރުފިޔާގެ ވައުޗަރގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު "އޮޓަމެޓިކުން" ލިބޭނެ
ވިލާ މާޓުން ވިޔަފާރި ކުރުމުން 500 ރުފިޔާގެ ވައުޗަރގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު "އޮޓަމެޓިކުން" ލިބޭނެ
ވިޔަފާރި 05 Mar 2024 | 07:59

ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ!

ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފިއެވެ.

"ރޯދަ ވިތު ވިލާ މާޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 10 މާޗް 2024 އިން 10 އޭޕްރީލް 2024 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ރޯދަ މަހު ކޮންމެ ދުވަހަކު ވެސް 500 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް  ރޯދަ މަސް ތެރޭގައި ކަސްޓަމަރުން، ވިލާ މާޓުގެ ފަސް އައުޓްލެޓުގެ ތެރެއިން ކޮންމެވެސް އައުޓްލެޓަކުން ވިޔަފާރި ކުރަން ޖެހެއެވެ. އެއާއި އެކު، 500 ރުފިޔާގެ ވައުޗަރގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު "އޮޓަމެޓިކުން" ލިބިގެންދާނެއެވެ.

ވިލާ މާޓުން ބުނީ މި ޕްރޮމޯޝަނަކީ ވިލާ މާޓުގެ އައުޓްލެޓްތަކުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހުޅުވާލާފައިވާ ޕްރޮމޯޝަނެއް ކަމަށާއި މި މާތްވެގެންވާ ރަމަޟާން މަހުގެ އުފަލުގައި ބާއްވާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބިގެންދާނެ ކަމަށެވެ.

ވިލާ މާޓަކީ މާލެ ސަރަހައްދުގެ އެންމެ މަޝްހޫރު އެއް ރީޓެއިލް ޗެއިން ކަމަށްވާއިރު، ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކުރުމަކީ އެކުންފުންޏަށް ލިބުނު އުފަލެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން ވިލާމާޓުގެ ތަރުޖަމާނު ވިދާޅުވީ މި ޕްރޮމޯޝަނަކީ ވަފާތެރި ކަސްޓަމަރުންނަށް ވިލާ މާޓާއެކު ވިޔަފާރި ކުރުމުގެ ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ރަމަޟާން މަހުގެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި އަޕްޑޭޓް www.villamart.mv ނުވަތަ ވިލާ މާޓުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި
16 Nov 2023 ވިޔަފާރި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިލާ މާޓުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފިއެވެ. ވިލާ ޓްރޭޑިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރު 14ގައި ހުންނަ 'ވިލާ މާޓު 4' ފިހާރަ 24 ގަޑިއިރު ހ...

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!
25 Sep 2023 ވިޔަފާރި

"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވ...

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!
15 Aug 2023 ވިޔަފާރި

ވިލާ މާޓުން ލިބޭ ޗިކަން ވިންގްސް އިން މީރު އެއްޗެއް ތައްޔާރު ކޮށްލާނެ ގޮތް!

ކުކުޅަކީ ދިވެހިންގެ ހުކުރު ދުވަހާއި، އެނޫންވެސް ދުވަސް ދުވަހަށް މީރު އެއްޗެއް ކާލަން ބޭނުންވާ ފަހަރު ފަހަރު އާންމުކޮށް ޚިޔާރު ކުރެވޭ އެއްޗެވެ. ބައެއް ފަހަރު ފިހެލައިގެން، އަނެއްބައި ފަހަރު ހިކި ކޮށް ނ...

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!
26 Jun 2023 ވިޔަފާރި

މޫވީ ނައިޓް ތަކުގައި ކާލުމަށް 'ޕްލެއިން ސޮލެއިލް' ގެ ލުއި ކާނާގެ ބާވަތްތައް!

މޫވީ ނައިޓް ތަކުގައި ތަފާތު ލުއި ކާނާތައް ކެއުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އޮންނަ އާދައެއް ކަމުގައިވާއިރު, އެކަމަށްޓަކައި ވިލާ މާޓުން ލިބެން ހުންނަ ޕްލެއިން ސޮލެއިލް ބްރޭންޑް ގެ އަޖުމަ...

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.
19 Jun 2023 ވިޔަފާރި

މަޝްހޫރު އޮޓިމާ ބްރޭޑްގެ ޕާސްތާގެ ރަހަ ދައްކާލަން ވިލާ މާޓްއިން ހަރަކާތެއް ކުރިއަށް ގެންގޮސްފި.

ދުނިޔޭގެ މަޝްހޫރުު ބްރޭންޑްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގ ގެ ދަށުން ހިންގަމުންދާ ވިލާ މާޓްއިން މިދިޔަ އަންގާރަ ދުވަހު އޮޓިމާ ބްރޭންޑްގެ ޕާސްޓަގެ ރަހަ...

ރޯދަޔަށް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ވިލާ މާޓު
22 Mar 2023 ވިޔަފާރި

ރޯދަޔަށް ތާޒާ މޭވާ އާއި ތަރުކާރީ ގަންނަން ވިލާ މާޓު

ރޯދަމަހަށް ބޭނުންވާ ތާޒާ މޭވާޔާއި ތަރުކާރީ ވިލާ މާޓުގެ ހުރިހާ ރީޓެއިލްސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ވިލާ މާޓުން ބުނެފިއެވެ. އެގޮތުން މިވަގުތު ވިލާ މާޓުތަކުގައި ޕެއާސް، ސްޓްރޯބެރީ، ކިވީ، ގްރޭޕ...